ކ. މާލެ
|
16 ޑިސެންބަރ 2020 | ބުދަ 22:20
ކަނޑުގެ މާހައުލާއި މަސްމަހާއި މެހީގެ ދިރާސާގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑިއިގަންނަވަނީ
ކަނޑުގެ މާހައުލާއި މަސްމަހާއި މެހީގެ ދިރާސާގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑިއިގަންނަވަނީ
ރައީސް އޮފީސް
ނޫރާއްޖެ ޕްރޮގްރާމް
ސަރުކާރާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން ގުޅިގެން "ނޫރާއްޖެ" އިފްތިތާހުކޮށްފި
ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަނާ ގުޅިގެން މަސައްކަތްކުރަން ފަށާފައި ވަނީ ރައީސް ސޯލިހުގެ ސަރުކާރުން
މިއީ ކަނޑުފަޅުތައް ހިމާޔަތްކުރުމަށާއި، ކަނޑުފަޅުގެ ނަފާ ދެމެހެއްޓެނިވި ގޮތެއްގައި ހޯދުމުގެ މަގުސަދުގައި އުފެއްދި ޕާޓްނާޝިޕެއް
މިހާރުވެސް ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން ގުޅިގެން ދަނީ ކަނޑުފަޅުގެ ދިރާސާއެއް ހަދަމުން

ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން ގުޅިގެން ނޫރާއްޖެ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިފްތިތާހުކޮށްދެއްވައިފިއެވެ.

ނޫރާއްޖެ އަކީ ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕަރިޓީ ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތައް ހިމާޔަތް ކުރުމާއި، ކަނޑުފަޅުތަކުގެ ނަފާ އެންމެ އެދެވޭނެހެން ހޯދުމަށާއި އަދި ކަނޑުފަޅުތަކުން އިގްތިސާދަށާއި ތިމާވެއްޓަށް ހެޔޮ ކުރިމަގެއް ހޯދައިދިނުމުގެ އަޒުމުގައި ފަށާ ޕްރޮގްރާމެކެވެ.

މީގެ ކުރިން ދިވެހި ސަރުކާރާއި ގުޅިގެން ބްލޫ ޕްރޮސްޕަރިޓީން ވަނީ 26 ދުވަހުގެ މުއްދަތަށް ރާއްޖޭގެ އެންމެ އުތުރުން ހއ. އިން ފެށިގެން ގޮސް ލ. އަތޮޅާއި ހަމައަށް ފަރުތަކާއި ކަނޑުގެ މާހައުލާއި ގުޅޭ މައުލޫމާތާއި އެހެނިހެން ޑޭޓާ ނަގާފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ކުރި ޖުމްލަ 978 ސައިންޓިފިކް ޑައިވްގެ ތެރެއިން 16 އަތޮޅެއް ވަނީ ދިރާސާކޮށްފައެވެ.

ދިވެހި ސައިންސްވެރިންނާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ 8 ސައިންސްވެރިން ގުޅިގެން ކުރި މަސައްކަތުގެ ތެރޭގައި، ޖުމްލަ 330 ބާވަތެއްގެ ކަނޑުގެ ދިރުން އޮބްޒަރވް ކޮށްފައިވާއިރު، އޭގެ ތެރޭގައި ނެތިހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތުގެ 80 ދިރުމެއް ފެނިފައިވެއެވެ. އަދި ޖުމްލަ 274،004 އަށް ވުރެ ގިނަ މަސް ގުނާފައިވެއެވެ. މި މަސައްކަތަށް މަޑުޖެހުމެއް އައީ ކޮވިޑުގެ ހާލަތާއި ގުޅިގެން ދަތުރުފަތުރު ކުރަން ހުރަސްތަކެއް ދިމާވުމާ ގުޅިގެންނެވެ.

- ކޮމެންޓް