ކ. މާލެ
|
16 ޑިސެންބަރ 2020 | ބުދަ 21:25
ހުޅުމާލޭގައި މެދު ފަންތީގެ އާއިލާތަކަށް ހާއްސަ ހައުސިންގ ޔުނިޓުގެ އެއްބަސްވުމުގައި ސޮއިކުރަނީ
ހުޅުމާލޭގައި މެދު ފަންތީގެ އާއިލާތަކަށް ހާއްސަ ހައުސިންގ ޔުނިޓުގެ އެއްބަސްވުމުގައި ސޮއިކުރަނީ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހުޅުމާލޭގައި ހައުސިންގ ޔުނިޓްތައް އެޅުން
މެދުފަންތީގެ އާއިލާތަކަށް ހާއްސަ 162 ހައުސިންގ ޔުނިޓު ހުޅުމާލޭގައި ތަރައްޤީކުރަނީ
އެތަނުން ލަގްޒަރީ ޕްރޮޕަޓީއަކުން ލިބޭނެ ސުވިމިންގް ޕޫލާއި ޖިމް ފަދަ ގިނަ ވަސީލަތްތަކެއް ލިބިގެންދާނެ
ކުރިއަށް އޮތްތަނުގައި ވީހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ތަނަވަސް ފުރުސަތުތަކެއް ފޯރުކޮށްދެވޭނެ
ހުޅުމާލޭގައި އިތުރު 1000 ހައުސިންގ ޔުނިޓުގެ މަޝްރޫއުގެ މަސައްކަތް، އަމިއްލަ ކުންފުންޏަކުން މި މަސްތެރޭގައި ފެށުމަށް ހަމަޖެހިފައިވޭ

މެދުފަންތީގެ އާއިލާތަކަށް ހާއްސަކޮށްގެން 162 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ރެއިންބޯ މެގަ ޑިވެލޮޕާސްއާ ހަވާލުކޮށްފިއެވެ.

ރެއިންބޯ މެގަ ޑިވެލޮޕާސް އަކީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި މެގަ އިންފްރާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ މެދުގައި އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެކެވެ.

ބުރާސްފަތި ދުވަހު ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި އޮތް ހަފްލާއެއްގައި އެ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޝުހެއިލް އަހުމަދެވެ. އަދި ރެއިންބޯ މެގަ ޑިވެލޮޕާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މާޒިން އިބްރާހީމެވެ.

މިޑް ރޭންޖް ހައުސިންގ ނުވަތަ މެދުފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން 162 ހައުސިންގ ޔުނިޓް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު، އެތަނުން ލަގްޒަރީ ޕްރޮޕަޓީއަކުން ލިބޭނެ ސުވިމިންގް ޕޫލާއި ޖިމް ފަދަ ގިނަ ވަސީލަތްތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ އަމާޒަކީ ހުރިހާ ފަންތިއެއްގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ މިފަދަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް އޮތްތަނުގައި އިތުރުކޮށް، އެފަދަ މަޝްރޫއުތަކުގެ ދަށުން ވީހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ތަނަވަސް ފުރުސަތުތަކެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި އަންނަ އަހަރުވެސް އެކި ފަންތިތަކަށް ބަހާލައިގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، މާލެ ސަރަޙައްދުގައި ދިރިއުޅޭ މެދުފަންތީގެ އާމްދަނީ ލިބޭ މީހުންނާއި، ކިޔެވުމާއި ވަގުތީ ބޭނުންތަކަށް މާލޭ ސަރަޙައްދުގައި ދިރިއުޅޭ ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން "ކޯ ލިވިން" ކޮންސެޕްޓުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށްވެސް އެ ކޯޕަރޭޝަނުން އިއުލާނުކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭގައި މެދުފަންތީގެ ހައުސިންގ ޔުނިޓްތަކެއް ތަރައްޤީކުރުމަށް ބަޔަކާއި ޙަވާލުކޮށްފައިވާއިރު، ހުޅުމާލޭގައި އިތުރު 1000 ހައުސިންގ ޔުނިޓުގެ މަޝްރޫއުގެ މަސައްކަތް، އަމިއްލަ ކުންފުންޏަކުން މި މަސްތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

މެދުފަންތީގެ އާއިލާތަކަށް ހާއްސަކޮށްގެން 162 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ރެއިންބޯ މެގަ ޑިވެލޮޕާސްއާ ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

- ކޮމެންޓް
17 ޑިސެންބަރ 2020 | ބުރާސްފަތި 15:15
ކިނބޫ
މި ސަރުކާރުގެ ހައުސިން ޕްރޮޖެކްޓްތަކުގެ އުސް އަލިތައް 1. ކޮންކްރީޓް ތަރައްގީއެއް ނުކުރާނެ 2. ހުޅުމާލޭގައި 20000 ފްލެޓް އަޅަނީ 3. ލޯނު ނަގައިގެން ގެ ހަދާފައިވާ މާލެ ރައްޔިތުންނަށް ގެއްލުން ވާނެތީ 20000 ފްލެޓް ނާޅާ ގޮތަށް ނިންމައިފިން. 4. މެދުފަންތީގެ އާއިލާތަކަށް ހާއްސަ 162 ހައުސިންގ ޔުނިޓު ހުޅުމާލޭގައި ތަރައްޤީކުރަނީ ދެން އިވޭނީ މެދުފަންތީގެ މީހުން ނޫޅޭތީ 162 ހައުސިންގ ޔުނިޓް ނާޅާ ގޮތަށް ނިންމި ކަމަށް ބުނާ އަޑު. ދިވެހިން ބުރާންތިކަންމަތީ އަބަދަށް.
17 ޑިސެންބަރ 2020 | ބުރާސްފަތި 00:34
މާލެ މީހާ
ޙުނު. ތި ބޭފުޅާ ރަށުން ދީ ބަލަ މާލެ ބޭފުޅުންނަށް. މުޅި ގައުމު ދިރުވާލަ ބަލަ ހެޔޮނުވާނެ. މާލެ މީހުންގެ ހާލައިގެން އެމީހުން ދޫކޮށްލާ.
17 ޑިސެންބަރ 2020 | ބުރާސްފަތި 00:34
މާލެ މީހާ
ޙުނު. ތި ބޭފުޅާ ރަށުން ދީ ބަލަ މާލެ ބޭފުޅުންނަށް. މުޅި ގައުމު ދިރުވާލަ ބަލަ ހެޔޮނުވާނެ. މާލެ މީހުންގެ ހާލައިގެން އެމީހުން ދޫކޮށްލާ.
16 ޑިސެންބަރ 2020 | ބުދަ 21:31
ޙުނު
ތިވެސް ލި ބެނީ މާލެ ބޭފުޅުންނަ ދޯ ؟؟