ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ރެޕިޓް ރެސްޕޮންސް ޓީމާއި، ލެބްގެ ސިސްޓަމްތައް ޑައުންވެ ނަތީޖާ ލިބުން ލަސްވެދާނެ ކަމަށް ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ އާރްއާރްޓީ ޓީމުން ބޭނުންކުރާ ސިސްޓަމްތަކާއި، ލެބްގައި ސާމްޕަލް ރަޖިސްޓްރީ ކުރުމަށް ބޭނުންކުރާ ސިސްޓަމްތައް ޑައުންވެފައިވާ ކަމަށާއި، އެހެން ކަމުން ނަތީޖާ ލިބުން ލަސްވުން އެކަށީގެންވާ ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމަށް އެޗްޕީއޭގެ އައިޓީ ޑިޕާޓްމަންޓުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.
އެޗްޕީއޭގެ އާރްއާރްޓީ ޓީމުން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުން އަދި އަތޮޅުތެރެއިންނާއި، ރިިސޯޓްތަކުން ކޮވިޑްގެ ސާމްޕަލް ކޮންމެ ދުވަހަކުވެސް ނަގަމުންނެވެ. މީގެ އިތުރުން އެޗްޕީއޭއިން މާލޭ ސަރަހައްދުގެ ހަ ލެބޯޓްރީއަކުން ޕީސީއާރު ޓެސްޓު ހަދަމުން އަންނައިރު، މިއިން ކޮންމެ ތަނަކުންވެސް އެތަކެއް ބަޔަކު އަންނަނީ ކޮންމެ ދުވަހަކުވެސް ހިދުމަތް ހޯދަމުުންނެވެ.