ކ. މާލެ
|
16 ޑިސެންބަރ 2020 | ބުދަ 07:35
ރާއްޖެޓީވީގެ ސްޓާފް އޮފް ދަ އިޔަރގެ މަގާމަށް ހޮވުނު މުހައްމަދު އަނިލަށް މިނިސްޓަރ މާރިޔާ އިނާމް ހަވާލު ކުރައްވަނިކޮށް
ރާއްޖެޓީވީގެ ސްޓާފް އޮފް ދަ އިޔަރގެ މަގާމަށް ހޮވުނު މުހައްމަދު އަނިލަށް މިނިސްޓަރ މާރިޔާ އިނާމް ހަވާލު ކުރައްވަނިކޮށް
ރާއްޖެއެމްވީ
ރާއްޖެޓީވީ އެވޯޑް ނައިޓް
ރާއްޖެޓީވީގެ ސްޓާފް އޮފް ދަ އިޔަރއަށް އަނިލް!
ނިމިދިޔަ އަހަރުގެ އެންމެ އުންމީދީ މުވައްޒަފަކަށް ހޮވިފައިވަނީ އޮންއެއަރ އޮޕަރޭޓަރ އާމިނަތު ބާރިޒާ
ފާއިތުވެދިޔަ ފަސް އަހަރު ރާއްޖެ ޓީވީއަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް އެކަމުގެ ހަނދަނީ ލިޔުން ވަނީ ދީފައި
ފާއިތުވެދިޔަ 10 އަހަރު ރާއްޖެ ޓީވީއަށް ހިދުމަތް ކޮށްފައިވާތީ އެކަމުގެ އަގުވަޒަންކޮށް ނާޒްމީ ސައީދާއި، އާމިނަތު ރީޝާ އަށް ވަނީ ހަނދާނީ ލިޔުމާއި، އިނާމް އަދި އެވޯޑް ދީފައި

ރާއްޖެޓީވީގެ 10 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ކުރިޔަށް ގެންދިޔަ ރާއްޖެ ޓީވީ އެވޯޑް ނައިޓްގައި ސްޓާފް އޮފް ދަ އިޔަރގެ މަގާމް ޗީފް ކެމެރާމަން މުޙައްމަދު އަނިލް ހޯދައިފިއެވެ.

ރާއްޖެޓީވީގެ ސްޓާފް އެވޯޑް ނައިޓްގައި މި މަގާމް އަނިލް ހޯދާފައިވާއިރު އަނިލްއަށް އިނާމް ހަވާލުކޮށްދިނީ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެވި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އެވެ. މިއީ އަނިލް މި އެވޯޑް ހޯދި ތިންވަނަ ފަހަރެވެ.

މި ރަސްމިއްޔާތުގައި ރާއްޖެޓީވީ މުވައްޒަފުންގެ ތެރެއިން ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންނަށް އިނާމް ދީފައިވާއިރު، ނިމިދިޔަ އަހަރުގެ އެންމެ އުންމީދީ މުވައްޒަފަކަށް ހޮވިފައިވަނީ އޮންއެއަރ އޮޕަރޭޓަރ އާމިނަތު ބާރިޒާއެވެ.

ރާއްޖެ ޓީވީގެ އެވޯޑް ނައިޓްގައި އެވޯޑް ހޯދި މުވައްޒަފުން:-

ސްޓާފް އޮފް ދަ އިޔަރ – މުހައްމަދު އަނިލް

އެންމެ އުންމީދީ މުވައްޒަފު – އާމިނަތު ބާރިޒާ (އޮންއެއަރ އޮޕަރޭޓަރ)

ބެލުންތެރިންގެ އެންމެ މަގުބޫލު ފޮޓޯސްޓޯރީ – ނާޒްމީ ސައީދު

އެންމެ މޮޅު ޕްރެޒެންޓަރ – އާމިރު ސަލީމް (ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން)

އެންމެ މޮޅު ނިއުސް އެންކަރ – ދާނިޝް މުހައްމަދު ނިޒާމް (ވީޑިއޯ ޖާނަލިސްޓް)

އެންމެ މޮޅު ލިޔުން – ލައިސާ އަހުމަދު (ވީޑިއޯ ޖާނަލިސްޓް)

އެންމެ މޮޅު ލިޔުންތެރިޔާ - ލައިސާ އަހުމަދު (ވީޑިއޯ ޖާނަލިސްޓް)

އެންމެ މޮޅު އުފެއްދުން – އާމިރު ސަލީމް (ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން)

އެންމެ ގިނަ ލިޔުންތައް އުފެއްދި ލިޔުންތެރިޔާ – މަރިޔަމް ޒުނާނާ ޒާލިފް (ވީޑިއޯ ޖާނަލިސްޓް)

އެންމެ މަގުބޫލު ލިޔުން – ދާނިޝް މުހައްމަދު ނިޒާމް (ވީޑިއޯ ޖާނަލިސްޓް)

އެންމެ މޮޅު ކެމެރާމަން – އަހުމަދު ސާޖިދު (ވީޑިއޯ ގްރަފަރ)

އެންމެ މޮޅު އެޑިޓަރ އަދި ގްރެފިކްސް ޑިޒައިނަރ – އާދަމް ސުފިޔާން (އެސިސްޓެންޓް ސީނިއަރ ވީޑިއޯ އެޑިޓަރ)

ހާޒިރީ އަށް އެންމެ ރަނގަޅު މުވައްޒަފުން – އާމިރު ސަލީމް، ގަމަރުއްދީން ފަހުމީ (އިންވެންޓްރީ އޮފިސަރ)، މުހައްމަދު އަނިލް އަދި އަހުމަދު ސިރާޖް (ސީނިއަރ ވީޑިއޯ އެޑިޓަރ)

މީގެ އިތުރުން ފާއިތުވެދިޔަ ފަސް އަހަރު ރާއްޖެ ޓީވީއަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް އެކަމުގެ ހަނދާނީ ލިޔުން ވަނީ ދީފައެވެ. އެގޮތުން ހަނދާނީ ލިޔުން ލިބިފައިވަނީ އަހުމަދު ނަދީމް، މަރިޔަމް ޒުނާނާ ޒާލިފް، އާދަމް ސުފިޔާން، މުހައްމަދު ސިނާހު، އަހުމަދު ސާޖިދު އަދި އާމިނަތު މުހައްމަދަށެވެ.

އަދި ފާއިތުވެދިޔަ 10 އަހަރު ރާއްޖެޓީވީއަށް ހިދުމަތް ކޮށްފައިވާތީ އެކަމުގެ އަގުވަޒަންކޮށް ނާޒުމީ ސައީދު (ޑެޕިއުޓީ ސީއޯއޯ) އަދި އާމިނަތު ރީޝާ (ހެޑް އޮފް ކޯޕަރޭޓް ސާރވިސް) އަށް ވަނީ ހަނދާނީ ލިޔުމާއި، އިނާމް އަދި އެވޯޑް ދީފައެވެ.

- ކޮމެންޓް