ކ. މާލެ
|
15 ޑިސެންބަރ 2020 | އަންގާރަ 21:42
ދީނީ އިލްމުވެރިޔާ ޝޭހް އިލްޔާސް ހުސައިން ވާހަކަފުޅު ދައްކަވަނީ
ދީނީ އިލްމުވެރިޔާ ޝޭހް އިލްޔާސް ހުސައިން ވާހަކަފުޅު ދައްކަވަނީ
އަދާލަތު ޕާޓީ
ކޮވިޑުގައި މަރުވާ ލަންކާ މުސްލިމުންގެ ޖަނާޒާ
ދީނީ ކަންކަމުގައި އަމިއްލަ ހިޔާލު ހުށަނޭޅޭނެ ކަމަށް ބުނެ ޝޭޙް އިލްޔާސްގެ ވަރުގަދަ ރައްދެއް
ގިނަ އިލްމުވެރިން ވަނީ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލާން ތާއީދުކޮށް ވާހަކަ ދައްކާފައި
ނަމަވެސް ބައެއް އާންމުން މިކަމާ ދެކޮޅު، އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިމެނިވަޑައިގަންނަވާ
ކޮވިޑުގައި މަރުވާ ލަންކާ މުސްލިމުންގެ ޖަނާޒާގެ ކަންކަން ރާއްޖެއިން ހަމަޖައްސައި ދޭން އެދުނީ އެކަން ކުރެވެން ނެތް ކަމަށް ބުނެ

ކޮވިޑު ޖެހިގެން މަރުވާ ލަންކާގެ މުސްލިމުންގެ ޖަނާޒާގެ ކަންކަމުގައި ރާއްޖެއިން އެހީތެރިވާން ނިންމި ނިންމެވުމަށް ތާއީދުކުރައްވާ، ދީނީ މިފަދަ ކަންކަމުގައި އަމިއްލަ ހިޔާލު ހުށަނޭޅޭނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝޭޙް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ލަންކާ މުސްލިމުންގެ ޖަނާޒާ ރާއްޖޭގައި ބޭއްވުމާ މެދު ދިވެހިންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައި، މިކަމާ ގުޅުވާ ކުރެއްވި ޓްވީޓުގައި ޝޭޙް އިލްޔާސް ވަނީ މުސްލިމުން ނިކަމެތިވާ ވަގުތުތަކުގައި އެހީތެރިވުމަކީ ދީނީ ވާޖިބެއްކަން ހަނދުމަކޮށްދެއްވާފައެވެ. އަދި އެ ވާހަކަތަކަށް ބާރު ދިނުމުގެ ގޮތުން، ޓްވީޓުގައި ކީރިތީ ރަސޫލާގެ ހަދީސްފުޅެއް ހިއްސާކުރެއްވިއެވެ.

ޝޭޙް އިލްޔާސް މިހެން ވިދާޅުވެފައިވާއިރު، ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލާން ތާއީދުކޮށް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ވާހަކަ ދައްކާފައިވެއެވެ. އަދި ސަރުކާރަށް ތާއީދުކުރައްވާ ގިނަ ސިޔާސީ ފަރާތްތަކަކުން ވެސް ވަނީ މި ނިންމެވުމަށް ތާއީދުކުރާކަމަށް ބުނެ، ސަރުކާރަށް ތައުރީފުގެ ބަސްތައް ރައްދުކޮށްފައެވެ. ނަމަވެސް ބައެއް ސިޔާސީ ފަރާތްތަކާއި، އާންމު ރައްޔިތުން މިކަމުގެ ދެކޭގޮތް ތަފާތެވެ.

އެގޮތުން މިކަމާ ދެކޮޅަށް އެންމެ ހަރުއަޑުން ވާހަކަދައްކަވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިމެނިވަޑައިގަންނަވައެެވެ. މި މައްސަލައިގައި ދެކިވަޑައިގަންނަވާ ގޮތް ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ، ލަންކާ މުސްލިމުންގެ ހަށިތައް ވަޅުލައި ދިނުމަކީ ދީނީ ގޮތުން ކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކޮށްދީފިނަމަ އެކަން ވާނީ ލަންކާ ސަރުކާރުން މުސްލިމުންނާ މެދު އަމަލުކުރަމުންދާ ގޮތަށް ކުރެވޭ ތާއީދަކަށް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ކޮވިޑު ޖެހިގެން މަރުވާ ލަންކާ މުސްލިމުން އަންދާ މައްސަލައިގައި އެ ގައުމުގެ ބައިމަދު މުސްލިމް އާބާދީގެ ނުރުހުން ރައީސް ގޯތާބަޔަ ރާޖަޕަކްސަގެ ސަރުކާރަށް އަމާޒުވެފައިވާއިރު، މިއީ މުސްލިމުންގެ ހައްގެއް ނިގުޅައިގަތުން ކަމަށް އެ ގައުމުގެ މުސްލިމުން ސިފަކުރެއެވެ. އަދި ލަންކާ މުސްލިމުންގެ ޖަނާޒާގެ ކަންކަން ހަމަޖައްސަން ރާއްޖޭގައި އެދުނުގެ ވާހަކަތައް މީޑިއާގައި ތިލަވީ ހިސާބުން އެ ގައުމުގެ ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތައް ހިމެނޭ ގޮތަށް، ލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ސަރުކާރަަށް ފާޑުކިޔަމުންނެވެ.

ކޮވިޑު ޖެހިގެން މަރުވާ ލަންކާ މުސްލިމުންގެ ޖަނާޒާގެ ކަންކަން ރާއްޖޭގައި ހަމަޖައްސައިދޭން އެދުނީ އެ ގައުމުގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީފުޅެއްގައެވެ. އެ ސިޓީފުޅުގައިވާ ގޮތުގައި، ރާއްޖެއިން މި އިންތިޒާމުތައް ހަމަޖައްސައިދޭން ލަންކާ ސަރުކާރުން އެދެން ޖެހުނީ، މުސްލިމުންގެ ޖަނާޒާގެ ކަންކަން ފުރިހަމަކުރަން އެ ގައުމަށް ދަތިތަކެއް ކުރިމަތިވާތީއެވެ.

- ކޮމެންޓް
17 ޑިސެންބަރ 2020 | ބުރާސްފަތި 09:08
ކޮއްކޮ
ސަބަބެއް ނެތި އެހެންޤައުމެއްގައި ދިރިއުޅޭ މުސްލިމުންތަކަކަށް އަދާކޮށްދޭންޖެހޭ ކަމެއް ރާއްޖެއަށް ދީނީގޮތުން ވާޖިބުވެދާނެކަމަކަށް ނުފެނޭ. އެހެން ކަމަށްވަންޏާ އެޤައުމުގައި ދިރިއުޅޭ މުސްލިމުންގެ ހުރިހާ މުހުތާދެއް އެޤައުމުގެ ރައީސް އެދޭއިރަށް މިޤައުމަށް ވާޖިބުވާނެތާ! އަޖައިބު ހީވޭ. މިބުނަނީ ޖަނާޒާގެކަންކަން ހަމަޖެއްސަން ދަތިތަކެއް ހުރުމުންނޭ. ކޮބައިތޯ އެ ދަތިތަކަކީ؟ މިހާރު ހީވާގޮތުން އެ ދަތިކަމަކީ އެތާގަ ވަޅުލާނެ ޖާގަ ނެތުންހެން ހީވަނީ. އެހެންވެތާ އެ ބޮޑީތަށް ރާއްޖޭގެ ބިމުގަ ވަޅުލަންޖެހޭނީ. ތީ ބޮޑު އޮޅުވާލުމެއް. ރާއްޖެ އަށް ފައިސާ ހޯދުމަށްޓަކައި "ޓުއަރިޒަމް މައްޔިތު" ތަޢާރަފްކުރަން.
16 ޑިސެންބަރ 2020 | ބުދަ 23:25
ބޭބެބބބބޢ.ޢ އ
ﷲ ޝަރުޢުގައި ކަނޑައަޅުއްވާ ފައިނުވާ ކަންކަމުގައި ބަސް ބުނުމުގެ ޙައްޤު ޢާއްމުންނަށް އޮނާނެ އަދި ރައީސް މައުމޫނަކީ އާއްމުންގެ ތެރެއިން،ހިމެނޭ މީހެއކަމަށް،ރާއްޖެ އެމް.ވީ ގައި މަސައްކަތް ކުރާ މީހުންނަށް ހީވިއަސް، ރައީސް މައުމޫނަކީ ބައިނަލް،އަޤުވާމީ ފެންވަރުގައި ފާހަގަ،ކުރެވޭ ،ޢިލްމު ވެރިއެއް، 2 އިރު 2 ދަޅައަށް ހިތަށް އެރި ގޮތަކަށް ވާހަކަދައްލަވާ ބޭފުޅެއްނޫން އަދި ބޮޑުސޭޓް ހުންނަ ކޮންމެ ގޮތަކަށް އެބުރޭ ވަހުތާނެއްވެސް ނޫ އިލްޔާސް ހުސޭން އަކީ މަޝްހޫރު އިލްމުވެރި އެއްނަމަ 2 އަގައި ވާހަކަ ނުދެއްކެވީސް،
16 ޑިސެންބަރ 2020 | ބުދަ 20:06
ނަދާ
ނޫޓު ޝައިޚުން
16 ޑިސެންބަރ 2020 | ބުދަ 19:11
ާހާމް
ކާފަރުން މުސްލިމުންނާ ޙަގުރާމަކުރާނަމަ މުސްލިމުން ޙަނގުރާމައަށްނުކުންނަންޖެހޭ! މިރާއްޖެއަކީ 100ޕަސެޓް މުސްލިމް ޤަޢުމެއް ކީއްވެގެންތޯ މުސްލިމްޤައުމުތައް ސުންނާފަތިކުރާއިރު މިރާއްޖޭގަތި ބި ދީނީއިލްމުވެރިން މުސްލިމުންނައް އެހީތެރިވުމައްޓަކައި އިސްސަފުގައި ހުންނަވާގެން ޙަނޤުރާމައައް ގޮވާނުލަނީ ހަމައެކަނި މުސްލިމުންމަރުވީމަތޯ ރާއްޖޭގައި ވަޅުލަންޖެހެނީ ދެންއެހެންގޮތަކުން އެހީތެރިވެވެން ނެތީތޯ...
16 ޑިސެންބަރ 2020 | ބުދަ 16:33
މުނާފިގު މައިތިރިވޭ
ކަންނެލި އޮޑީގެ ވެރިޔާ ދަ މުނާފިގު ބަލާ ބަލަ . ލަންކާގެ މުސްލިމުން އެދުނުތޯ އެހީވާން. ލަންކާޔަކީ ބުޑިސްޓް ގައުމެއް. ބުޑިސްޓުންނަކީ ކަލަކު ވޮޑިގެންވާކަން ގަ ބޫލު ނުކުރާ ބައެއް. ލަންކާ ސަރުކާރަކީ ލަންކާގެ މުސްލިމުންގެ މަންދޫ ބެއްވެސް ނޫން. ސީދާ މުސްލިމުންނަށް ޖެއްސުންކުރާ ބައެއް އެއީ. ލަންކާގައި އެ ބަހުރި އެތައްދުވަހަކު ހިގައިގެން ނޫނީ ނުދެވޭ ހުސް ބިންތައް. އެތާގައިވެސް ވަޅުލެވޭނެ.
16 ޑިސެންބަރ 2020 | ބުދަ 13:11
ކިނބޫ
ކަންނެލިއޮޑި އާކޮށްލަން ބޭނުންވާ ކޮންމެ ފަހަރަކު ކަލެއަށް ކަލޭ ބޭނުން ކޮންމެ ގޮތަކަށް ވާހަކަ އަނބުރާލެވޭ. ބުނަން ވާހަކައެއް. ކަލެއަކަށް ނޭނގޭނެ. ދައުލަތުގެ މުދާ ކައިގެން އަނގަގަނޑު މަޑު ކޮށްގެން އޮވޭ.
16 ޑިސެންބަރ 2020 | ބުދަ 10:04
މކޒ
މިއުޅެނީ ކީކުރަންބާ؟ މިކަމާ ގުޅޭ ގޮތުން އަޑިނޭގޭ ދެފުއްދެގޮތް ކަންކަން ދަނީ ހާމަވަމުންނެވެ. ލަންކާ ސަރުކާރުގެ ތަފާތު ވެރިން ގެންދަނީ މިކަމުގެ ކަންބޮޑުވުން އޮތް ކަން ހާމަކުރަމުންނެވެ ކޮންމެ އަކަސް މިއަދު މަރުވެފައިވާ މުސްލިމުންގެ ގަބުރު އަންދާތީ ވަޅުލުމައް މާދަމާ އިންސާނީޔަތައްޓަކައި ހަރުބީ ކާފަރުންގެ ގަބުރު ރާއްޖެގެނެސް ވަޅުލާ މަގުބަރާ ހަދަން ފުރުސަތު ދޭށްވީތޯއެވެ.މުސްލަމުންނަށް އެހީ ވުމުގެ ނަމުގައި ލަންކާ ސަރުކާރުން މިވަގު ސަރުކާރުން މިއުޅެނީ ބައިއަޅައިގެން ލާރިގަޑެއް ކާލަން ނޫންބާ؟ މާދަމާ އިންޑިޔާގެ މުސްލްމު ނަށް އަނިޔާވެރި ޖަރީމާއެއް ގެ ދަށުން އިންޑިޔާ ރައްޔިތުން ކެހިވެރި ގޮތަކައް ނުގެންނާނެތޯއެވެ މިއަދު މުސްލިމުން މާދަމާ. އިންސާނިޔަތޭ. ކިޔާ ޖަޒީރާ ރާއްޖެ ގަބުރުސްތާނަކައް! ދެން މިއީވެސް މަރުވެފަވާ މީހުން ގެ ޑެސްޓިނޭސަން އަކައް ބަދަލު ނުވާނެޠޯއެޥެ! ޓުއަޜީޒަމް މިއޮތީ ބޯޑު ހުޅުވާލުމާ އެކު ގަބުރުސްތާނުތައް ވެސް ބުކިން އަށް ހުޅުވާ ލެވިފާތޯ! ދެން ބޮޑެތި މަހުޖަނުން މަރުވީމަށް އެމީހުންގެ މަގްބަރާ ހަދަން ބޮޑު ފަޅުރަށެއް ! ނިމޭ އިރު ވަރަށް ހިއްގައިމު ވާނެ ރަށް ވެހި ފަތިސް ! ކުފުރުގެ ދީންތަކާ ބޭރުމމީހުން ވަޒަން ވެރިކުރުމަށް ކުރާމަސައްކަތައް ދިވެހި ވިންދުހުރި އެއްވެސް ރައްޔިތަކު މިކަމާ އެއްބަހެއްނުވާނެ! ގައުމީވަންތަ ނަޒަރަކުން ފުންެްކޮއް ވިސްނަނީ ކިތައްމީހުން ތޯއެވެ، . ގައުމާއި ދީނުގެ ހައްގުގައި މިއީ ބަލައި ގަންނާނޭ ކަމެއްނޫނެވެ. މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަށް ތާއީދެއް ނުކުރެވޭނެ !