ކ. މާލެ
|
15 ޑިސެންބަރ 2020 | އަންގާރަ 02:59
ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމް
ރާއްޖެއެމްވީ
ލަންކާ މުސްލިމުންގެ ހަށިތައް އަންދާ މައްސަލަ
ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލާން ރައީސް މައުމޫން ތާއިދެއް ނުކުރައްވާ
އެހެން ގައުމުތަކުގައި ނިޔާވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެ ގަނައުމަކީ އެއްވެސް ގޮތަކަށް އެމަނިކުފާނު ތާއިދުކުރައްވާނެ ކަމެއް ނޫން
ސްލާމިކް މިނިސްޓަރ ވިދާޅުވީ މިއީ މިވަގުތަށް ވަރަށް މުހިންމު އަދި އެހާމެ ދަރުމައާއި ސަވާބު ހުރިކަމެއް ކަމަށް
ކުރީގެ އިސްލާމިކް މިނިސްޓަރ ޝަހީމް ވިދާޅުވީ މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެކަމަށް

ކޮވިޑް-19 ޖެހިގެން އަވައްޓެރި ސްރީލަންކާގައި ނިޔާވަމުން އަންނަ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ ކަންކަން ހަމަޖައްސަން ތާއީދު ނުކުރައްވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު ދީނުުގެ ރައްޔިތުން ރާއްޖެއައިސް އުފާވެރި، އަމާން ދުވަސްތަކެއް ރާއްޖޭގައި ހޭދަކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެހެން ގައުމުތަކުގައި ނިޔާވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެ ގަނައުމަކީ އެއްވެސް ގޮތަކަށް އެމަނިކުފާނު ތާއިދުކުރައްވާނެ ކަމެއް ނޫންކަމަށެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު، އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު އަލީ ޒާހިރު ވަނީ ލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް-19 ގައި ނިޔާވާ މީހުން ރާއްޖެ ގެނަސް، ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މިވަގުތަށް ވަރަށް މުހިންމު އަދި އެހާމެ ދަރުމައާއި ސަވާބު ހުރިކަމެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރ ވެސް ވަނީ މިކަމަށް ތާއިދުކޮށް މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޮވިޑް ޖެހިގެން ނިޔާވާ ލަންކާގެ މުސްލިމުން، އިސްލާމީ ޝަރީއަތުގައިވާގޮތުގެ މަތިން އެގައުމުގައި ވަޅުލުމުގެ ފުރުސަތު އެ ގައުމުގެ ސަރުކާރުން މުސްލިމުންނަށް ދެއްވަންވާނެ ކަމަށާއި އެއީ އިންސާނީ، އަދި އަގީދާއާ ގުޅުންހުރި ދީނީ ހައްގެއް ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މުސްލިމުންނާއި އެހެނިހެންވެސް އިންސާނުންގެ އަސާސީ ހައްގުތައް ހޯދައިދޭން އެގައުމެއްގެ ގާބިލުކަންހުރި މިންވަރުން ކޮންމެ ގައުމަކުން ވެސް ވަކާލާތު ކުރަންވާނެ ކަމަށެވެ. އަދި އެއްވެސް ގޮތަކުން ހައްގު ހޯދައިދޭން ދަތިވެއްޖެ ނަމަ، މުސްލިމުންގެ ހަށިތައް އެނދިޔަ ނުދީ، އެއުރެންނަށް އެހީވުމަކީ އެންމެ ގާތުގައި އޮތް މުސްލިމު ގައުމަކުން ކުރެވިދާނެކަމެއްކަމަށް ދެކޭކަމަށް ޝަހީމް ޓްވީޓްކިރެއްވިއެވެ.

ކޮވިޑް-19 ޖެހިގެން ލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ފުރިހަމަކުރުމަށް ލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަން ފާހަގަކުރައްވައި ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީފުޅެއްގައި ކޮވިޑް-19 ޖެހިގެން ލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯދުމަށް އެދުމުން މިކަމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާކުރައްވާ ކަމަށް ހާމަކުރުމުން ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ވަނީ އެކަމަށް ތާއިދު ކުރައްވާފައެވެ.

އޭގެ ތެރޭގައި ޑރ. މުހައްމަދު އިޔާޒު އަދި ޝެއިހް އަލީ ޒައިދު ހިމެނިވަޑައިގަނެއެވެ.

- ކޮމެންޓް
15 ޑިސެންބަރ 2020 | އަންގާރަ 09:19
ރައީސް މައުމޫންގެ ޚިޔާލު ފުޅަށް ފުރިހަމައަށް ތާއީދު ކުރަން!!! ޅަންކާގައި މަރުވާ ކޮވިޑް ބަލިމީހުން ލަންކާގައި ވަޅުނުލެވެން ޖެހޭ އެއްވެސް ސަބަބެއް ނެތް!!! ތިޔަ ހުށަހެޅުމަކީ ދެކޮޅު ޖެހޭ ހުށަހެޅުމެއް ނޫން!!!