ކ. މާލެ
|
14 ޑިސެންބަރ 2020 | ހޯމަ 15:15
މަސްވެރިން މަސް ބޭނުމުގެ ތެރެއިން، މި ސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
މަސްވެރިން މަސް ބޭނުމުގެ ތެރެއިން، މި ސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
ފަރެސްމާތޮޑާ މަސްވެރިއެއް
އާރު.އެސް.ޑަބްލިޔު ސިސްޓަމުން ޑިއުޓީ މައާފްކުރުން
ލޮނުފެނުން މަސް ފިނިކުރާ ސިސްޓަމްތަކުގެ ޑިއުޓީ މައާފްކުރުމަށް ނިންމައިފި
އާރުއެސްޑަބްލިޔު ސިސްޓަމަކީ އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކުރުމަށް ގާއިމްކުރާ ސިސްޓަމެއް
މަސް ކިރެންދެން މަސް ތާޒާކަންމަތީ ދޯނިފަހަރުގައި ބެހެއްޓޭނެ
ޑިއުޓީ ކަނޑާލުމުން މަސްވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ

މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ބޭނުންކުރާ ލޮނުފެނުން މަސްފިނިކުރާ ނިޒާމު (އާރުއެސްޑަބްލިޔު) ސިސްޓަމްތަކުން ޑިއުޓީ މައާފް ކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އާރުއެސްޑަބްލިޔު ސިސްޓަމުގެ ޑިއުޓީ މާފުކުރުމަށް އެދޭ ފަރާތްތަކުން، މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓަށް "ޑިއުޓީ މައާފު ކުރުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު އިންވޮއިސްގެ ކޮޕީއަކާއެކު ހުށަހެޅުމުން އާރުއެސްޑަބްލިޔު ސިސްޓަމުގެ ޑިއުޓީ މައާފް ކުރެވޭނެ ކަމަށެވެ.

އާރުއެސްޑަބްލިޔު ސިސްޓަމަކީ މިފަހަކަށް އައިސް ރާއްޖޭގެ މަސްވެރިން މަހަށް ނިކުންނަ ދަތުރުތަކުގައި، އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން، މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ގާއިމް ކުރަމުން އަންނަ ސިސްޓަމެކެވެ. އަދި މަސް ދޯނިފަހަރުން ބާނާ މަސް ކިރެންދެން ތާޒާކަންމަތީ ދޯނިފަހަރުގައި ބެހެއްޓޭނެ ގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެކެވެ.

ފިޝަރީޒް މިނިސްޓްރީން އުއްމީދުކުރާ ގޮތުގައި، މި ބަދަލުގެ ސަބަބުން މި ސިނާއަތު ތަރައްގީ ކުރުމަށް ލިބިގެންދާނެ ލުުޔަކަށްވެގެން ދާނެއެވެ.

- ކޮމެންޓް