ކ. މާލެ
|
14 ޑިސެންބަރ 2020 | ހޯމަ 15:13
ހއ އުތީމުގައި ހުންނަ އުތީމު ގަނޑުވަރު
ހއ އުތީމުގައި ހުންނަ އުތީމު ގަނޑުވަރު
އަބުދުﷲ ނަސީރު އިބްރާހިމް
އުތީމު ގަނޑުވަރު ހުޅުވުން
ނުވަ މަހުގެ މެދުކެނޑުމަކަށް ފަހު، އުތީމު ގަނޑުވަރު ހުޅުވާލައިފި
މަރުކަޒުގެ ނަންބަރަކީ 3340255 އަދި 3340254
ދުވާލެއްގެ މައްޗަށް ދޫކުރާނީ ގިނަވެގެން 50 އެޕޮއިންޓްމަންޓު
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު ގަނޑުވަރު ދެއްކުމުގެ ކަންކަން ކުރިއަށްދާނެ

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގާތްގަނޑަކަށް 9 މަސް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު، އުތީމު ގަނޑުވަރު އަލުން ހުޅުވާލައިފިއެވެ.

ސަޤާފީ ތަރިކަ ރައްކާކުރާ ޤައުމީ މަރުކަޒުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:30ން ފެށިގެން މެންދުރު 13:30ށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ގަނޑުވަރު ދައްކާލުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ. އަދި ޒިޔާރަތް ކުރާ މީހުންނަށްވެސް ވަދެވޭނީ އެ މަރުކަޒުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ނަން ނޯޓު ކޮށްގެންކަން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އެޕޮއިންޓްމަންޓު ނޯޓު ކުރާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:30ން ފެށިގެން މެންދުރު 13:30ށް މަރުކަޒުގެ ނަންބަރަށް ގުޅައިގެންކަން ފާހަގަ ކޮށްފައިވެއެވެ.

މަރުކަޒުގެ ނަންބަރަކީ 3340255 އަދި 3340254 އެވެ.

އޭގެ އިތުރުން، އައު އާންމު ޙާލަތުގައި އުތީމު ގަނޑުވަރަށް ޒިޔާރަތް ކުރާ މެހެމާނުން އަމަލު ކުރަންޖެހޭ އުސޫލުތަކެއްވެސް މިހާރު އާންމު ކޮށްފައިވާއިރު، ދުވާލެއްގެ މައްޗަށް ދޫކުރާނީ ގިނަވެގެން 50 އެޕޮއިންޓްމަންޓު ކަމަށް އެ މަރުކަޒުގެ އިއުލާނުގައި ބަޔާން ކޮށްފައިވެއެވެ.

އަދި އިތުރު ފުރުސަތު ދެވޭނީ ވަގުތު އޮތް މިންވަރަކަށް ބަލައި މަރުކަޒުން ނިންމާ ގޮތެއްގެ މަތިންކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

- ކޮމެންޓް