ފުވައްމުލަކު ސިޓީގެ ރިންޑް ރޯޑް ތަރައްގީ ކުރުމުގެ ބޮޑު ބައެއްގެ މަސައްކަތް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ ފުވައްމުލަކުގެ ރިންގް ރޯޑްގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް މިހާރު 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. 12 ޖޫން 2019ގައި މަސައްކަތް ރިންގް ރޯޑް މަޝްރޫއަށް 39.43 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
މިމަޝްރޫއުގެ ތެރެއިން ފެން ހިންދާ ނިޒާމު ގާއިމް ކުރުމާއި، 20،650 މީޓަރު ސަރަހައްދެއްގައި ތާރު އެޅުމާއި، 144 ލެޑް މަގުބައްތި ހަރުކުރުކުރުން އަދި މަގުމަތި ނިޝާން ކުރެހުން ހިމެއެނެއެވެ.
މިމަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވާ ތާރީހަކީ 31 ޑިސެންބަރު 2020 އެވެ.