ކ. މާލެ
|
14 ޑިސެންބަރ 2020 | ހޯމަ 12:56
ފޮރިންގ މިނިސްޓަރ އަބްދުﷲ ޝަހިދު، އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް މަޑުކޮށްލައިވައިގެން - ފައިލް
ފޮރިންގ މިނިސްޓަރ އަބްދުﷲ ޝަހިދު، އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް މަޑުކޮށްލައިވައިގެން - ފައިލް
ފޮރިން މިނިސްޓްރީ
ޖަޕަނީޒް ގްރާންޓް އެއިޑް އިން ދޭ ސްކޮލަރޝިޕް
ޖަޕަނީޒް ގްރާންޓް އެއިޑް އިން ދޭ ސްކޮލަރޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މިސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުން
ކޯހުގެ ހުރިހާ ހަރަދެއް ކުރަނީ ޖަޕާނުގެ ސަރުކާރުން
މިޕްރޮގްރާމްތަކަށް ކުރިމަތިލެވެނީ 22 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންނަށް

ޖަޕަނީޒް ގްރާންޓް އެއިޑް (އޭޑީއެސް) އިން ދޭ ''ޖޭޑީއެސް'' ސްކޮލަރޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އޭޑީއެސްގެ ފަރާތުން ރާއްޖެއަށް މާސްޓަރސް ޑިގްރީގެ 6 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށެވެ.

މިސްކޮލަރޝިޕްގެ ކޯސްތަކާއި ބެހޭ އިތުރު މައުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީ ގޮތުގެ މައުލޫމާތުhttps://jds-scholarship.org/country/maldives/apply.htmlމިލިންކުން ލިބޭނެއެވެ.

ކޯހުގެ ހުރިހާ ހަރަދެއް ޖަޕާނުގެ ސަރުކާރުން ކުރާއިރު، މާސްޓަރސް ޑިގްރީގެ 6 ސްކޮލަރޝިޕަކަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މިޕްރޮގްރާމްތަކަށް ކުރިމަތިލެވެނީ ބެޗްލަރސް ޑިގްރީ ހާސިލްކުރުމާއެކު އުމުރުން 22 އަހަރާއި 39 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 2021 ޖެނުވަރީ 17 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00ން 13:30 އަށެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެޕްލިކޭޝަން ހުށަހަޅަން ޖެހޭއިރު، އެޕްލިކޭޝަންގެ 3 ސެޓް ހުށަހެޅުމަށް އެދިފައިވެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި ކޯހަށް އެދޭ ފަރާތުގެ ނަމާއި، އައިޑީ ކާޑު ނަންބަރު، ގުޅޭނެ ނަންބަރު، ސްކޮލަރޝިޕްގެ ނަން އަދި ކޯހުގެ ނަން ލިއުމަށް މިނިސްޓްރީން އެދިފައިވެއެވެ.

- ކޮމެންޓް