ކ. މާލެ
|
13 ޑިސެންބަރ 2020 | އާދީއްތަ 18:26
ހަނިމާދޫ ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ބައެއް ސާމާނުތައް
ހަނިމާދޫ ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ބައެއް ސާމާނުތައް
އެމްޓީސީސީ
ހަނިމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު
ހަނިމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ 26 އިންސައްތަ ނިމިއްޖެ
މަސައްކަތަށް ބޭނުންވާ ސާމާނުތައް ޑިސެމްބަރ 12 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވޭ
އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 57.12 މިލިއަން ރުފިޔާގެ މަޝްރޫޢެއް
މި މަޝްރޫޢު މޮބިލައިޒް ކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ 05 ވަނަ ދުވަހު

ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 26 އިންސައްތަ ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ން ބުނީ މި މަޝްރޫޢު އަށް ބޭނުންވާ، ކަޓަރ ޑްރެޖަރ އާއެކު މަސައްކަތަށް ބޭނުންވާ ސާމާނުތައް ޑިސެމްބަރ 12 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 57.12 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫޢު މޮބިލައިޒް ކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ 05 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން 53،523 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 31,576 މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 355 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަސައްކަތުގެ ދަށުން 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

- ކޮމެންޓް