ކ ތިލަފުށީގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ މަސައްކަތު މީހެއްގެ ފައިގައި ގްރޭންޑަރަކުން ޖެހި ޒަހަމްވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އާދިއްތަ ދުވަހު ހެނދުނު 10:25 ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ 24 އަހަރުގެ ބިދޭސީ ފިރިހެނަކަށް ކަމަށާއި އޭނާއަށް ސިއްހީ އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފުގެ ކޯސްޓްގާޑުގައި ހެނދުނު 11 ޖެހިއިރު މާލެ ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައި ވަނީ ކިހާ ސީރިއަސް އަނިޔާއެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.
އާންމު އެތައް ކުންފުންޏަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިނަ އިންޑަސްޓްރިއަލް މަސައްކަތްތަކެއް ކުރަމުން އަންނަ ތިލަފުށީގައި މިފަދަ އެތައް ހާދިސާތަކެއް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ބައެއް ފަހަރު މިހެން ހިނގާ ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނައަށްވެސް ގެއްލުންވެފައި އެބަހުއްޓެވެ.