ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 23:59
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު އަދި އެއޮފީހުގެ އިސްވެރިން މަޖިލީހުގެ ކޮމެޓީއެއްގައި
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު އަދި އެއޮފީހުގެ އިސްވެރިން މަޖިލީހުގެ ކޮމެޓީއެއްގައި
ރާއްޖެ އެމްވީ
އޮޑިޓް އޮފީސް
އޮޑިޓް އޮފީސް އޮޑިޓް ކުރަން ބަޔަކު ހޯދަން އިއުލާންކޮށްފި
އޮޑިޓް އޮފީސް އޮޑިޓް ކުރުމަށް އޮޑިޓް ފާރމެއް ހޯދުމަކީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ކުރަންޖެހޭ ކަމެއް
އޮޑިޓް ފާރމެއް ހޯދަނީ އޮޑިޓް އޮފީހުގެ މިއަހަރުގެ އަހަރީ އޮޑިޓް ކުރުމަށް

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މިއަހަރުގެ އަހަރީ އޮޑިޓް ކުރާނެ އޮޑިޓް ފާމެއް ހޯދަން އިއުލާނުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުދަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2020 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އެކުލަވާލައްވާފައިވާ ދިވެހިރާއްޖޭގައި އޮޑިޓްކުރުމާއި އެޝޫރެންސް ޚިދުމަތްދިނުމުގެ ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ އޮޑިޓް ފަރމްއެއް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭނުންވާ ކަމަށެވެ.

އެހެންކަމުން، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭ ކަމަށެވެ.

އޮޑިޓް އޮފީހަކީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ އޮފީހެއް ކަމުން، އެ އޮފީސް އޮޑިޓް ކުރުމަށް އޮޑިޓް ފާމެއް ހޯދުމުގެ މަސައްކަތް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނެވެ. އަދި އޮޑިޓް އޮފީހުގެ ބަޖެޓަކީ ވެސް، ސަރުކާރާއި މިނިވަން މުއައްސަތާއި އަދި ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ހިލާފަށް އޮޑިޓް އޮފީހުން، އެ އޮފީހުގެ ބަޖެޓް ތައްޔާރު ކުރުމަށްފަހު، މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހުށަހަޅާ ބަޖެޓެކެވެ.

- ކޮމެންޓް