ކ. މާލެ
|
10 ޑިސެންބަރ 2020 | ބުރާސްފަތި 00:12
އަންގާރަ ދުވަހު އަތުލައިގެން 71 ކިލޯގެ މަސްތުވާތަކެތި އުފުލި ކާރު
އަންގާރަ ދުވަހު އަތުލައިގެން 71 ކިލޯގެ މަސްތުވާތަކެތި އުފުލި ކާރު
ޕޮލިސް
މަސްތުވާތަކެތި ޓްރެފިކް ކުރުން
ޖިނާއީ އަދުލްގެ ނިޒާމުގައި މައްސަލަ ހުރިނަމަވެސް، މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވޭނެ: ސީޕީ ހަމީދު
އަންގާރަ ދުވަހު 71 ކިލޯގެ މަސްތުވާތަކެތި ކާރެއްގެ ތެރެއިން ފުލުހުން ވަނީ އަތުލައިގަނެފައި
ޑްރަގް ޓްރެފިކް ކުރުން ހުއްޓުވަން ކުރާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ

ޖިނާއީ އަދުލު އަދުލްގެ ނިޒާމުގައި މައްސަލަތައް ހުރި ނަމަވެސް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވަން ފުލުހުން ކުރާ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މާލެ ފަރީދީ މަގުގައި އޮތް ކާރެއްގެ ތެރެއިން، 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައާ ގުޅިގެން ސީޕީ ހަމީދު ވިދާޅުވީ، އެ އޮޕަރޭޝަނުގައި 71 ކިލޯގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު 71 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ. އަދި ޖިނާއީ އަދުލްގެ ނިޒާމުގައި މައްސަލަތައް ހުރި ނަމަވެސް ޑްރަގް ޓްރެފިކް ކުރުން ހުއްޓުވަން ކުރާ މަސައްކަތް ކުރިއަށްގެންދާނެ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

އަންގާރަ ދުވަހު ފަރީދީ މަގުގެ ބައެއް ބަންދުކޮށްގެން ފުލުހުން ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނުގައި ޖުމްލަ 10 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ޑްރަގް އެތެރެކުރާ ބޮޑު ނެޓްވޯކެއްގައި ޝާމިލުވާ މީހުން ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓާއި. ޑްރަގް އިންޓެލިޖެންސާއި މެރިން ފުލުހުން ދަނީ ކަނޑުމަތީގައާއި އެއްގަމުގައި އޮޕަރޭޝަން ހިންގަމުންނެވެ. ހަމީދު ވިދާޅުވީ މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުނު މި މައްސަލައާއި ގުޅިގެން ފުލުހުން އޮޕަރޭޝަން ހިންގަމުން އަންނަތާ ހަފްތާއެއް ވެއްޖެ ކަމަށެވެ.

ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަމުންދާއިރު، މިއަހަރުގެ ތެރޭގައި ވެސް މަސްތުވާތަކެތި ރާއްޖެ އެެތެރެކުރަން އުޅުނު ބޮޑެތި މައްސަލަތައް ހިމެނެއެވެ.

ފަހަަކަށް އައިސް ގިނަ އޮޕަރޭޝަންތަކެއް ހިންގައި ގިނަ އަދަދެއްގެ ޑްރަގް އަތުލައިގަނެ، ތުހުމަތު ކުރެވޭ އެތައް ބަޔަކު ހައްޔަރުކޮށްފައި ވެއެވެ. ނަމަވެސް ކޯޓާއި ހިސާބުން އެމީހުން ދޫވުމަންދާކަން ފާހަގަ ކުރެވެއެވެ.

އެގޮތުން 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އެކަމުގައި އިސްކޮށް އުޅުނު މީހަކު ހައްޔަރުކޮށް، މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލާފައިވެއެވެ. ނަމަވެސް އޭނާގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހައިކޯޓުން ކުރި އަމުރަށް ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ. މީގެ އިތުރުން، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު މާލެއިން އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކޮށްފައިވާ ފަސް މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ އަމުރުކޮށްފައެވެ.

- ކޮމެންޓް