ކ. މާލެ
|
8 ޑިސެންބަރ 2020 | އަންގާރަ 19:31
މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ކާރެއް ބަލާފާސްކުރަނީ
މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ކާރެއް ބަލާފާސްކުރަނީ
ފޭސްބުކް
މަސްތުވާތަކެތީގެ އޮޕަރޭޝަން
ފުލުހުން ހިންގި އޮޕަރޭޝަންގައި 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
މަސްތުވާތަކެތި ހުރީ ދެ ގޯންޏެއްގެ އިތުރުން ދެ ލަގެޖެއްގައި
މި އޮޕަރޭޝަންގެ ތެރެއިން 10 މީހަކު ވަނީ ހައްޔަރުކޮށްފައި
އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް

ފުލުހުން މިއަދު ހިންގި އޮޕަރޭޝަންގައި 71 ކިލޯގެ މސްތުވާތަކެތި އަތުލައިގެންފި އެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަތުލައިގެންފައިވާ މަސްތުވާތަކެތި ހުރީ ދެ ގޯންޏެއްގެ އިތުރުން ދެ ލަގެޖެއްގައި ކަމަށެވެ.

މިކަމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަންގާރަ ދުވަހު ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ފަރީދީމަގުގެ ވަކި ސަރަހައްދެއް ބަންދުކޮށް އެ ސަރަހައްދު ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިކަމުގައި ޝާމިލުވާ ކާރެއް ބަލާފައިވާ ކަމަށާއި، އެ ކާރުގައި ވަގަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ ކަމަށެވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓާއި. ޑްރަގް އިންޓެލިޖެންސާއި މެރިން ފުލުހުން ދަނީ ކަނޑުމަތީގައާއި އެއްގަމުގައި އޮޕަރޭޝަން ހިންގަމުންނެވެ. ހަމީދު ވިދާޅުވީ މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުނު މި މައްސަލައާއި ގުޅިގެން ފުލުހުން އޮޕަރޭޝަން ހިންގަމުން އަންނަތާ ހަފްތާއެއް ވެއްޖެ ކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. ހަމީދު ވިދާޅުވީ 10 މީހަކު ހައްޔަރުކޮށްފައިވާ އިރު، މީގެ ތެރޭގައި ޑްރަގް އެތެރެކުރާ ބޮޑު ނެޓްވޯކެއްގެ ޝާމިލުވާ މީހުން ހިމެނޭ ކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން 10 މީހުން ހައްޔަރުކޮށްފައިވާ އިރު، އަންގާރަ ދުވަހުގެ ހެނދުނުން ފަށައިގެން ކަނޑާއި އެއްގަމުގައި އަންނަނީ އޮޕަރޭޝަން ހިންގަމުންނެވެ. އަދި އެކި ސަރަހައްދުތައް ބަލާ ފާސްކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންގެ އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ.

- ކޮމެންޓް
10 ޑިސެންބަރ 2020 | ބުރާސްފަތި 11:54
، އަހުމަދު......ޖ
ޔަގީންތަ ތީ މަސްތުވާތަކެތި ކަން 🤔 ކޯޓުން ދޫކޮށްލުމުގެ ކުރިން ޤާޒީންނަށް ތި ބޯންދީ ޔަގީންކުރުމަށް..