ކ. މާލެ
|
8 ޑިސެންބަރ 2020 | އަންގާރަ 18:10
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު
ވެރިކަން ކުރުމަށް އެންމެ ރަނގަޅު ނިޒާމެއްގެ ގޮތުގައި އަދިވެސް ދެކެނީ ބަރުލަމާނީ ނިޒާމް: ރައީސް ނަޝީދު
ވެރިކަމުގެ ނިޒާމާއި މެދު ގޮތް ނިންމާނީ ރައްޔިތުން - ރައީސް ސޯލިހް
ދުނިޔޭގެ ކޮންމެ ގައުމެއް ކަމުގައި ވިޔަސް ވެރިކަން ކުރަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމް - ރައީސް ނަޝީދު
ރައީސް ނަޝީދު ތަފާތު އެކި ބައްދަލުވުމުގައި ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ ވާހަކަ އަންނަނީ ދައްކަވަމުން

ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ވެރިކަން ކުރަން އެންމެ ރަނގަޅު ގޮތެއްގެ ގޮތުގައި ދެކެނީ ބަރުލަމާނީ ނިޒާމް ކަމަށާއި، އެއީ އަބަދުވެސް އެކަން ގަބޫލުކުރައްވާ ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ގެނަސްދޭ "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ގަބޫލުކުރައްވަނީ ވެރިކަން ކުރަން އެންމެ ރަނގަޅު ނިޒާމެއްގެ ގޮތުގައި ބަރުލަމާނީ ނިޒާމް ކަމަށެވެ. އަދި އެކަން އެހެން ގަބޫލުކުރައްވަނީ ސަބަބުތަކެއް ހުރެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއް ކަމުގައި ވިޔަސް ވެރިކަން ކުރަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށާއި، ދިވެހިރާއްޖޭގެ ތާރީހަށް ބަލާލިކަމުގައި ވިޔަސް ބަރުލަމާނީ ނިޒާމަކީ ދިވެހީންނާއި ބީރަށްޓެހި ނިޒާމެއް ނޫން ކަމަށެވެ. ރާއްޖޭގައި ކުރިން ވެރިކަން ކުރައްވަމުން ގެންދިޔައީ ބަރުލަމާނީ ނިޒާމަށް ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ ނިޒާމަކީ ދިވެހިންގެ ތެރެއަށް މިފަހަކަށް އައިސް ލިބުނު ނިޒާމެއް ކަމަށެވެ.

މި ޕްރޮގްރާމްގައި އިތުރަށް ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއިއެކު މަޝްވަރާ ކުރައްވާނެ ކަމަށާއި، އެކަމާ ގުޅިގެން ރައީސްއާ މަޝްވަރާ ކުރައްވަނީ ނިޒާމު ބަދަލުކުރާނީ މި ދައުރު ނިމުމަށް ކުޑަ ދުވަސްކޮޅެއް ބާއްވާފައިތޯ ނުވަތަ ދައުރު ނިންމާފައިތޯ ނިންމުމަށް ކަމަށް ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީ އެކުލަވާލިއިރު ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ކަނޑައެޅުމަށް ރައްޔިތުންގެ ވޯޓެއް ވަނީ ނަގާފައެވެ. ބަރުލަމާނީ ނިޒާމެއްތޯ ނުވަތަ ރިޔާސީ ނިޒާމެއްތޯ ކަނޑައެޅުމަށް ނެގުނު ވޯޓުން ރައްޔިތުން ނިންމީ ރިޔާސީ ނިޒާމެއް ބޭއްވުމަށެވެ. އޭރު އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އަދި ރައީސް މައުމޫން ނިސްބަތްވެވަޑައިގެންނަވާ ޑީއާރުޕީން ތާއީދުކުރީ ރިޔާސީ ނިޒާމަކަށެވެ.

ރައީސް ނަޝީދު ތަފާތު އެކި ބައްދަލުވުމުގައި ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ ވާހަކަ އަންނަނީ ދައްކަވަމުންނެވެ. އެކަމަކު، އައު ގާނޫނު އަސާސީ އެކުލަވާލިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ރައީސް ސޯލިހު ވިދާޅުވީ، ގާނޫނު އަސާސީ އެކުލަވާލިއިރުގައި ނިޒާމުގެ ވާހަކައަކީ ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުންގެ އަޑު އަހައިގެން ނިންމާފައި އޮތް ނިންމުމެއް ކަމަށާއި، ބަރުލަމާނީ ނިޒާމެއް ގެނައުމާއި މެދުވެސް ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ.

- ކޮމެންޓް