ކ. މާލެ
|
1 ޑިސެންބަރ 2020 | އަންގާރަ 21:55
ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް އާއެކު ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް އާއެކު ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ހާރިޖީ ވުޒާރާ
ދިވެހި ހާރިޖިއްޔާގެ މަސައްކަތްތައް
ޗައިނާ އަދި އިންޑިއާގެ ސަފީރުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި
މި ބައްދަލުވުންތަކުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި
ޗައިނާ އަދި އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިންގެ ގޮތުގައި ޝާހިދު ފާހަގަކުރެއްވި
އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ކުދި އަދި ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި

ޗައިނާ އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އާއެކު ހާރިޖީ ވަޒީރު ޝާހިދު ބައްދަލުކުރެއްވީ ހޯމަ ދުވަހު މެންދުރުފަހުއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އަދި ބައްދަލުވުމަށްފަހު ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ މުހިއްމު އެކުވެރިއެއްކަމަށާއި، މިހާރު ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ޗައިނާއެކު ވަރަށް ގާތުން މަސައްކަތްކުރައްވާނެކަމަށެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު -- ފޮޓޯ: ހާރިޖީ ވުޒާރާ

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާއި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއެކު ހާރިޖީ ވަޒީރު ޝާހިދު ބައްދަލުކުރެއްވީ އަންގާރަ ދުވަހު މެންދުރުފަހުއެވެ. މި ބައްދަލުކުރެއްވުމުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ކުދި އަދި ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، މަޝްރޫޢުތަކުގެ ހިނގުން އަވަސްކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

- ކޮމެންޓް