ކ. މާލެ
|
1 ޑިސެންބަރ 2020 | އަންގާރަ 08:17
އެ ޒުވާނާ މަރުވީ ފަރުވާދެމުން ދަނިކޮށް އާދިއްތަ ދުވަހު ހެނދުނު
އެ ޒުވާނާ މަރުވީ ފަރުވާދެމުން ދަނިކޮށް އާދިއްތަ ދުވަހު ހެނދުނު
ރާއްޖެއެމްވީ
އެކްސިޑެންޓް ގައި ޒުވާނަކު މަރުވުން
ހުކުރު ދުވަހު ހިނގި އެކްސިޑެންޓް މަރުގެ މައްސަލައެއްގެ ގޮތުގައި ބަލަނީ
މަރުވީ އުމުރުން 24 އަހަރުގެ ޒުވާން އަންހެނެއް
ފުލުހުން ބުނީ ސައިލް ދުއްވާފައިވަނީ ބާރު ސްޕީޑް ގައި ކަމަށް

ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި ޒުވާން އަންހެނަކު މަރުވެފައިވާތީ އެ އެކްސިޑެންޓްގެ މައްސަލަ މަރުގެ މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުން އެ އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑް ގައި އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ ބޮޑުތަކުރުފާނު މަގުން ނިކުތް ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ދުވާ ޓްރެކް މައްޗަށް އަރައި އެކްސިޑެންޓް ވެގެންނެވެ.

އެ ޒުވާނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އާދިއްތަ ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. އެކްސިޑެންޓްވިއިރު، އޭނާ އިނީ ސައިކަލުގެ ފަހަތުގަ އެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، ސައިކަލް ދުއްވަން އިނީ ލައިސަންސް ނެތް އުމުރުން 24 އަހަރުގެ ފިރިހެނެކެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ސައިކަލް ދުއްވަން އިނީ އަންހެން މީހާގެ ލޯބިވެރިޔާއެވެ. މަރުވި ޒުވާނާ އަކީ ޓިކްޓޮކް ގައި މަޝްހޫރުކަން ހޯދާފައިވާ ތަރިއެކެވެ.

- ކޮމެންޓް