ކ. މާލެ
|
30 ނޮވެންބަރ 2020 | ހޯމަ 21:09
ހައިކޯޓުގެ އިންސްޓާ އެކައުންޓުން އެންމެ ފުރަތަމަ ޕޯސްޓް ކޮށްފައިވާ ފޮޓޯ
ހައިކޯޓުގެ އިންސްޓާ އެކައުންޓުން އެންމެ ފުރަތަމަ ޕޯސްޓް ކޮށްފައިވާ ފޮޓޯ
ހައި ކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިންސްޓާ އެކައުންޓެއް!
މިހާތަނަށް 70ށް ވުރެ ގިނަ މީހުން ފޮލޯކޮށްފައިވޭ
އެކައުންޓް ހުޅުވަން ނިންމީ ހައިކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން
ޓެކްނޮލޮޖީގެ އައު އުކުޅުތައް ކޯޓުތަކުންވެސް ގެންދަނީ ބޭނުން ކުރަމުން

ދިވެހިރާއްޖޭގެ ހައިކޯޓުން ރަސްމީ އިންސްޓަގްރާމް އެކައުންޓެއް ހުޅުވައިފިއެވެ.

އެކަމާ ގުޅޭގޮތުން ހައިކޯޓުން ބުނީ، އެ ކޯޓުގެ އިދާރީ ހިންގުމާއި، ކޯޓާ ބެހޭ މައުލޫމާތުތައް ފޮޓޯއާއި ވީޑިއޯ މެދުވެރިކޮށް އާންމުންނަށް ފެންނާނެހެން ބެހެއްޓުމަށް އިންސްޓަގްރާމްއެކައުންޓެއްހުޅުވުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

"mvhighcourt" ނަމުގައި ހޯމަ ދުވަހު ހުޅުވި މި އެކައުންޓާ ގުޅޭގޮތުން އެ ކޯޓުގެ މީޑިއާއިން ބުނީ، މިއީ ކޯޓުގެ އިދާރީ މަސައްކަތްތައް ކުރިއަށް ދާ ނުދާ ގޮތް ރައްޔިތުންނަށް ވީހާވެސް ދެފުއް ފެންނަ ގޮތެއްގައި ދައްކާލުމާއި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ މަޤްސަދުގައި ހުޅުވި އެކައުންޓެއް ކަމަށެވެ.

މި އެކައުންޓަށް މިހާތަނަށް 70ށް ވުރެ ގިނަ މީހުން ފޮލޯކޮށްފައިވާއިރު، އެންމެ ފުރަތަމަ ޕޯސްޓް ކޮށްފައިވާ ފޮޓޯއަކީ 5 އޮކްޓޯބަރު 1980 ގައި ހައިކޯޓު އުފެއްދެވުމަށް ނިންމަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގެ ފޮޓޯއެކެވެ.

އޭގެ އިތުރުން، ކޯޓުގެ ބައެއް ގަޟިއްޔާތަކާ ގުޅޭ ޝަރީއަތްތައް ހޯމަ ދުވަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންގޮސް ޙުކުމް ކޮށްފައިވާއިރު، އެ ވަގުތު ހައިކޯޓުގެ އައިޓީ ކޮންޓްރޯލް ރޫމުގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯއެއްވެސް އިންސްޓަގްރާމް ކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތައް ޒަމާނީ ވަމުންދާއިރު، ޓެކްނޮލޮޖީގެ އައު އުކުޅުތައް ކޯޓުތަކުންވެސް ގެންދަނީ ބޭނުން ކުރަމުންނެވެ. އެގޮތުން ޔޫޓިއުބް، ފޭސްބުކް އަދި ޓްވިޓަރ ފަދަ ވަސީލަތްތަކުން ކޯޓުގެ މަސައްކަތްތައް އަންނަނީ އާންމުންނާ ހިއްސާކުރަމުންނެވެ.

- ކޮމެންޓް