ކ. މާލެ
|
30 ނޮވެންބަރ 2020 | ހޯމަ 07:11
މުހައްމަދު ނިޒާމް
މުހައްމަދު ނިޒާމް
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯގެ ސީއެފްއޯގެ މަޤާމަށް ބޭފުޅަކު އައްޔަނުކޮށްފި
ސީއެފްއޯގެ މަޤާމަށް ނިޒާމް އައްޔަން ކުރެއްވީ އާދިއްތަ ދުވަހު
ނިޒާމްވަނީ ފައިނޭންސް އެންޑް އެކައުންޓިންގ ދާއިރާއިން މާސްޓަރސް ހާސިލްކުރައްވާފައި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޗީފް ފައިނޭންޝަލް އޮފިސަރގެ މަގާމަށް އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ، ޕްރޮކިއުމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާމް ހަމަޖައްސަވައިފިއެވެ.

އެސްޓީއޯގެ ސްޕޯކްސްޕަރސަން އަބްދުﷲ މުހައްމަދު ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނިޒާމްއެ މަގާމަށް އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު މަގާމުން ވަކިވެވަޑައިގަންނަވާތީ ކަމަށެވެ.

ނިޒާމް އަކީ ފައިނޭންސް އެންޑް އެކައުންޓިންގ ދާއިރާއިން މާސްޓަރސް ހާސިލްކުރައްވައި އެ ކުންފުނީގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

ކުރިން އެމަޤާމުގައި ހުންނެވި މިހާދު މަގާމުން ވަކިވެ ވަޑައިގަންނަވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާރމް ކަމަށްވާ ކޭޕީއެމްޖީގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށެވެ.

މިއީ އިންޓަރނޭޝަނަލް ކޮންސަލްޓަންސީ ފާރމެއްގެ ޕާޓްނަރެއްގެ ގޮތުގައި ދިވެއްސަކު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

އުމުރުން 26 އަހަރުގައި އެސްޓީއޯގެ ސީއެފްއޯގެ މަގާމަށް ވަޑައިގެންނެވި މިހާދް އަކީ ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގެ ސީއެފްއޯގެ މަގާމުގައި މިވަގުތު ހުންނެވި އެންމެ ޒުވާން ސީއެފްއޯއެވެ.

ޗާޓެޑް އެކައުންޓަންޓެއްގެ ގޮތުގައި ހުންނެވި މިހާދުވަނީ އެސްޓީއޯގައި އެގާރަ އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ.

- ކޮމެންޓް