ކ. މާލެ
|
30 އޮކްޓޯބަރ 2020 | ހުކުރު 09:02
ފްރާންސްގެ އުފެއްދުން ބޮއިކޮޓް ކުރުމަށް ރާއްޖޭގެ 34 ޖަމިއްޔާއަކުން ގޮވާލުން
ފްރާންސްގެ އުފެއްދުން ބޮއިކޮޓް ކުރުމަށް ރާއްޖޭގެ 34 ޖަމިއްޔާއަކުން ގޮވާލުން
ރާއްޖެއެމްވީ
ފްރާންސްގެ އުފެއްދުން ބޮއިކޮޓް ކުރުމަށް ގޮވާލުން
ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ރާއްޖޭގެ 34 ޖަމިއްޔާއަކުން ގޮވާލައިފި
ފްރާންސްގެ އަމަލުތައް ހަރުކަށި އިބާރާތުން ސަރުކާރުން ވަނީ ކުށްވެރިކޮށްފައި
ބައެއް ވިޔަފާރިވެރިން ވެސް ދަނީ ފްރާންސްގެ އުފެއްދުން ބޮއިކޮޓް ކުރަމުން
ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ދަނީ ފްރާންސާއި ދެކޮޅަށް ވަރުގަދައަށް މުޒާހަރާ ކުރަމުން

ފްރާންސްގެ އުފެއްދުން ބޮއިކޮޓް ކުރުމަށް ރާއްޖޭގެ 34 ޖަމިއްޔާއަކުން ގޮވާލައިފިއެވެ.

ފްރާންސް އިން ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށްފައިވާތީ، އެކަން ކުށްވެރިކޮށް ފްްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ މަދަނީ ޖަމްޢިއްޔާތަކުން ވަނީ ބަޔާނެއްވެސް ނެރެފައެވެ.

އެބަޔާނުގައިވާ ގޮތުގައި ފްރާންސުގެ ސަރުކާރުން ހިންގާފައިވާ ލާދީނީ ގޮތެއްފޮތެއް ނެތް ނާތަހުޒީބު އެ ޢަމަލު ކުށްވެރިކުރުމަށް އަވަސްވެ ގަންނަންޖެހޭކަމަށާއި އަދި އެޤައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް އެޤައުމުން އެ ޢަމަލުތައް ހުއްޓާލައި މުސްލިމުންގެ ކިބައިން މާޢާފަށް އެދެންދެން އެމީހުންނާއިއެކު ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ދިވެހި ސަރުކާރަށްވަނީ ގޮވާލައިފައެވެ.

މީގެ އިތުރުން އެބަޔާނުގައި ވަނީ މިފަދަ ކޮންމެ ކަމަކީ ހައްދުފަހަނައަޅާފައިވާ ކާފަރުން ޑިމްކޮރެސީ އާއި އިންސާނީޙައްޤުގެ ނަމުގައި އާއި މިނިވަންކަމުގެ ނަމުގައި ފަތުރާ ޝިޢާރުތަކުގެ އަނެއްފަރާތުގައިވާ ނަފްރަތާއި ގަދަކަމުން މީސްތަކުން އަޅުވެތިކުރުމުގެ މަކަރުވެރި މަސައްކަތް ބޭޒާރުވެ ހާމަކޮށްދޭ ކަމެއް ކަމަށެވެ.

މުސްލިމުން އެ ދީނެއްގެ މަތީގައި ތިބޭ އިސްލާމްދީނުގައި އެންމެ ފަރުދަކު ދުނިޔޭގައި ހުއްޓަސް މާތް ނަބިއްޔާއަށް ފުރައްސާރަކުރުމަށް ކާފަރުންނަށް ފުރުޞަތު ނުދިނުމަށް މި ބަޔާނުގައި ގޮވާލާފަވެއެވެ. އަދި ކޮންމެ މުސްލިމަކީ އެކަލޭގެފާނުގެ ލަޝްކަރުގެ ސްޕާ ހީރޯއެއްކަން ކަށަވަރުކަމަށް ބަޔާންނުގައި ބުނެފައިވެއެވެ.

ޖަމިއްޔާތަކުން މިހެން ބުނެފައި ވާއިރު ދިވެހި ސަރުކާރުން ދާދި ފަހުން ވަނީ ފްރާންސްގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެގޮތުން ހުރިހާ ޒާތެއްގެ ހައްދުފަހަނައަޅައި ދިއުމަކާއި ދިވެހި ސަރުކާރުން އަބަދުވެސް ދެކޮޅު ކަމަށް ބަޔާނުގައި ވެއެވެ. އަދި ކީރިތި ރަސޫލާ އާއި ނިސްބަތްކޮށް ދައްކަމުން ގެންދާ ވާހަކަތައް އެއީ ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި ނުފެތޭ އަމަލުތައް ކަމަށްވެސް ވަނީ ބުނެފައެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި މައްސަލައިގެ ދިފާއުގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ދެއްކެވި ވާހަކަ ކުއްވެރިކޮށް އިސްލާމީ ގިނަ ގައުމުތަކުން ދަނީ ބަޔާންތައް ނެރި ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރަންފަށާފައެވެ.

- ކޮމެންޓް
30 އޮކްޓޯބަރ 2020 | ހުކުރު 10:32
ސައިމޮ
ނަސޭ ހަތް ދޭންވީ އަދި އިލްތިމާސް ކުރަންވީ ރައްޔިތުންނަށް ...މިޤައުމު ފަސާދަ ކުރަނީ ދީނީ ތޮފި އަޅާގެން މިއުޅޭ މަދު ބައެއް...ހޭލުންތެރި މި ހާރު ދ ރައްޔިތުން..