ކ. މާލެ
|
27 އޮކްޓޯބަރ 2020 | އަންގާރަ 13:21
ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން
ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު
އައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިއްޖެ
80 އިންސައްތަ މަސައްކަތް ވަނީ ނިމިފައި
މި މަޝްރޫއަށް 33.4 މިލިއަން ރުފިޔާ ހަރަދުވާނެ

އައްޑޫ ސިޓީ މީދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ސ. މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތުގެ 34 އިންސައްތަ ނިމިފައިވާއިރު، އެއްގަމު ތޮށީގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން 61,396 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 115 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ގަލުން ބޭރު ތޮށި ލުމުގެ މަސައްކަތާއި، 621 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ.

3،150 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ޖަހާއި ރޭމްޕް އެޅުމުގެ މަސައްކަތް ވެެސް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއަށް 33.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، މަޝްރޫއުގެ މަސައްކަތް ފަށާފައި ވަނީ 18 ސެޕްޓެމްބަރު 2019ގައެވެ.

ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން
- ކޮމެންޓް