ކ. މާލެ
|
26 އޮކްޓޯބަރ 2020 | ހޯމަ 14:23
ހެނބަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން
ހެނބަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
ހެނބަދޫ ބަނދަރު ތަރައްގީ ކުރުން
ހެނބަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެއްކޮށް ނިމުމަކާ ގާތަށް
މަޝްރޫއުގެ މަސައްކަތުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި
މި މަޝްރޫއު ހިންގަން ހަވާލުކޮށްފައިވަނީ 23 ޖޫން 2019 ގައި

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްގެން ތަރައްގީ ކުރަމުން އަންނަ ނ. ހެނބަދޫ ބަނދަރުގެ ބޮޑުބައި ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ ހެނބަދޫ ބަނދަރު ފުޅާކޮށް ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ތެރެއިން ޕޭވްމަންޓް ސަރަހައްދުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތުގެ 60 އިންސައްތައާއި ރިވެޓްމެންޓް އެޅުމުގެ 12 އިންސައްތަ ވެސް މިހާރު ނިމިފައި ކަމަށެވެ.

ކުޅުދުއްފުށި ބަނދަރު ބޮޑުކުރުމުގެ މި މަޝްރޫއުގެ ދަށުން، 44616 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި 1،000 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 86 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް ކުރުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ މި މަޝްރޫއު ހިންގަން ހަވާލުކޮށްފައިވަނީ 23 ޖޫން 2019 ގައެވެ.

- ކޮމެންޓް