ކ. މާލެ
|
26 އޮކްޓޯބަރ 2020 | ހޯމަ 11:54
ރ. ދުވާފަރުގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު
ރ. ދުވާފަރުގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު
އެމްޓީސީސީ
ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއު
ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއުގެ 81 އިންސައްތަ މަސައްކަތް ނިމިއްޖެ
މި މަޝްރޫޢުއަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫޢެއް
މަސައްކަތް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަވާކޮށްފައިވަނީ 300 ދުވަސް ތެރޭގައި
މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢުގެދަށުން 19 މަގެއްގައި ތާރުއެޅުމަށް ވަނީ ހަަމަޖެހިފައި

ރ. ދުވާފަރުގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫއުގެ 81 އިންސައްތަ މަސައްކަތް ނިންމާލެވިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ގައެވެ.

އެގޮތުން، މިހާރު އެތަނުގައި ކުރިއަށްދަނީ ތާރު އެޅުމުގެ މަސައްކަތްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ، މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަަށެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ސޮއި ކުރެވުނު މި މަޝްރޫޢު އަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތް އޮކްޓޯބަރު 3 ވަނަ ދުވަހު ފަށާފައިވާއިރު މިފިޔަވަހީގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ފައިމަގުގައި ހިނގޭ ގޮތަށް 4960 އަކަމީޓަރުގެ ސަރަހައްދެއް ޤާއިމް ކުރުމާއި މަގުގައި ދުއްވޭ ގޮތަށް 17690 އަކަމީޓަރުގެ ސަރަހައްދެއް ޤާއިމް ކުުރުމާއި، ކޭބަލް ހޮޅި ވަޅުލުމާއި، މަގުބައްތި ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަސައްކަތް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކޮށްފައިވަނީ 300 ދުވަސް ތެރޭގައެވެ.

މި މަސައްކަތް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކޮށްފައިވަނީ 300 ދުވަސް ތެރޭގައި

ދުވާފަރަކީ އާބާދީ ބޮޑު ރަށެއް ކަމަށާއި އެރަށުގައި ގިނަ އަދަދެއްގެ ކާރާ ސައިކަލު ދުއްވާއިރު މަގު ހެދުމުގެ ކުރިން ނުހަނު ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށާއި މި އުޅަނދުތައް ދުއްވުމުގައި ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

އެމްޓީސީސީގެ އަމާޒަކީ، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސަައްކަތް ހަވާލުކުރެވުނު ގޮތަށް، ވީހާވެސް އަވަހަކަށް މަސައްކަތް ނިންމާލުން ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

އެމްޓީސީސީން ގެންދަނީ ރާއްޖޭގެ ގިނަ ރަށްރަށުގެ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ.

- ކޮމެންޓް