ކ. މާލެ
|
12 އޮކްޓޯބަރ 2020 | ހޯމަ 22:06
މޫސުން ގޯސް ދުވަހެއް
މޫސުން ގޯސް ދުވަހެއް
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ގުގުރުމާއި އެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ: މޫސުމާއި ބެހޭ ޤައުމީ އިދާރާ
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ
ރާޅުގެ އުސްމިނުގައި 4 - 7 ފޫޓު ހުންނާނެ

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުމާއި އެކު, ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ހޯމަ ދުވަހުގެ ރޭގަނޑު 8:00ން ފެށިގެން ހޯމަ ދުވަހުގެރޭ 8:00 އާއި ހަމައަށް މޫސުން ކުރިއަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުންޏެވެ.

ރާޅުގެ އުސްމިނުގައި 4 - 7 ފޫޓު ހުންނާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

- ކޮމެންޓް