ކ. މާލެ
|
12 އޮކްޓޯބަރ 2020 | ހޯމަ 14:39
ވައިކަރަދޫގެ ކަނޑޫފާ، ވަރަށް ބޮޑަށް ކަނޑޫފާ ވަނީ ހަލާކުވެފައި
ވައިކަރަދޫގެ ކަނޑޫފާ، ވަރަށް ބޮޑަށް ކަނޑޫފާ ވަނީ ހަލާކުވެފައި
މުއިއްޒު
ވައިކަރަދޫގެ ކަނޑޫފާ ހިމާޔަތް ކުރުން
ވައިކަރަދޫގެ ކަނޑޫފަލުން ކަނޑޫގަސް ކެނޑުމާއި ކަނޑޫ ހޮވުން މަނާކޮށްފި
ކަނޑޫފަލުން އަދަޔާ ޚިލާފަށް ގިނަ އަދަދެއްގެ ކަނޑޫގަސް ދަނީ މަރުވަމުން
75 އިންސައްތަ މަރުވެފައިވާ ކަމަށް އެރަށުގެ ރައްޔިތުން ބުނޭ
ކަނޑޫފަލަށް ދިމާވާ މައްސަލަ ދެނެގަތުމުގެ މަސައްކަތް އީޕީއޭއިން ދަނީ ކުރަމުން

ހދ. ވައިކަރަދޫގެ ކަނޑޫފަލުން ކަނޑޫގަސް ކެނޑުމާއި ކަނޑޫ ހޮވުން މަނާކޮށްފިއެވެ.

މިކަން އިއުލާނުކޮށް ވައިކަރަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ މިހާރަކަށް އައިސް ކައުންސިލްގެ ހުއްދަނެތި ރަށުގެ ކަނޑޫފަލުން ކަނޑޫގަސް ކަނޑާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ މި ދުވަސްވަރަކީ ކަނޑޫފަލުން އަދަޔާ ޚިލާފަށް ގިނަ އަދަދެއްގެ ކަނޑޫގަސް މަރުވަމުންދާ ދުވަސްވަރެއް ކަމުން މިފަދަ ދުވަސް ވަރެއްގައި ރޯ ނުވަތަ ހިކި ކަނޑޫ ގަސް ވިޔަސް ކެނޑުމަކީ އެކަމުގެ ސަބަބުން، 100 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ބެލެވޭ ކަނޑޫ ފަލަށް ލިބިގެންދާނެ އިތުރު ގެއްލުމެއް ކަމަށެވެ.

އެހެންކަމުން 11 އޮކްޓޯބަރ 2020 ވަނަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން، ކައުންސިލްގެ ހުއްދަނެތި ކަނޑޫފަލުން އެއްވެސް ބާވަތެއްގެ ގަހެއް ކެނޑުމާއި، ކަނޑޫ ހޮވުމަކީ މަނާކަމެއް ކަމަށް ކައުންސިލުން ބުނެއެވެ.

މިފަހަކަށް އައިސް އުތުރުގެ ރަށްތަކުގެ ކަނޑޫފާތަކުގެ ބައެއް ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ގަސް މަރުވެ ނެތި ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. މި މައްސަލަ ވައިކަރަދޫ ކަނޑޫފަލަށްވެސް ދިމާވެފައި ވާއިރު، ކަނޑޫފަލުގެ 75 އިންސައްތަ މަރުވެފައިވާ ކަމަށް އެ ރަށު ރައްޔިތުން ބުނެއެވެ. ގަސްތަކުގެ ފެހިކަން ގެއްލި މުޅިން ގަސްތައް ވަނީ މުށިކުލައަކަށް ބަދަލުވެފައެވެ.

މި މައްސަލަ މިހާރު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) ގެ ސަމާލު ކަމަށް ގެނެސްފައިވާއިރު، ކަނޑޫފަލަށް ދިމާވާ މައްސަލަ ހޯދުމުގެ މަސައްކަތް އީޕީއޭއިން ވަނީ ފަށާފައެވެ. އީޕީއޭއިން ބުނެފައިވަނީ ކަނޑޫފާތައް މަރުވަމުންދާ ސަބަބު ދެނެގަންނަން ކުރާ މަސައްކަތަށް ބުރޫއަރާފައި ވަނީ ކޮވިޑުގެ ހާލަތާއި ގުޅިގެން ކަމަށެވެ.

މިކަހަލަ މައްސަލައެއް ދިމާވެފައިވާ ނޭކުރަންދޫ ކަނޑޫފަލުގެ ދިރާސާއެއް ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއިން މީގެ ދުވަސްކޮޅެއް ކުރިން ހަދާފައެވެ. އެ ދިރާސާއާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީގެ ގާސިތު މުހައްމަދު ވިދާޅުވީ މިމައްސަލަ އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށް ފާހަގަ ކުރެވޭކަމަށެވެ.

އެގޮތުން އުތުރުގެ ރަށްތަކަކީ ދެކުނުގެ ރަށްތަކާއި އަޅާ ބަލާއިރު މަދުން ވާރޭ ވެހޭ ހިސާބެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި، ކަނޑޫ ގަސްތަކަކީ ވަރަށް ބޮޑަށް ޗަކަ ބޭނުންވާ ގަސްތަކެއްކަމުން މިފަދަ ގަސް ތަކަށް ބަދަލު އަންނަނީ ކަމަށް ލަފާކުރެވޭ ކަމަށެވެ.

- ކޮމެންޓް