ކ. މާލެ
|
11 އޮކްޓޯބަރ 2020 | އާދީއްތަ 17:12
ކޮވިޑް-19 އަށް 10،000ށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައި
ކޮވިޑް-19 އަށް 10،000ށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައި
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު
ކޮވިޑް-19 ޖެހުނު އިތުރު މީހަކު މަރުވެއްޖެ
މަރުވެފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެއް
އޭނާ މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދަނިކޮށް
މިއީ ރާއްޖޭގެ 35 ވަނަ ކޮވިޑް މަރު

ރާއްޖެ އިން ކޮވިޑް-19 ޖެހުނު އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތުދޭ ގޮތުގައި އާދިއްތަ ދުވަހުގެ މެންދުރު 14:20 ގައި މަރުވެފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި އޭނާ މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދަނިކޮށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއީ ރާއްޖެއިން ވައިރަސް ޖެހިގެން މަރުވި 35 ވަނަ މީހާއެވެ.

ރާއްޖެ އިން ޖުމްލަ 10,859 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، ބަލި ޖެހުނު 9،683 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 1،134 މީހުންނެވެ.

- ކޮމެންޓް