ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހު ވިސްނާލަން ޖެހޭ އެންމެ މުހިއްމު އެއްކަމަކީ ޖިސްމާނީ ދުޅަހެޔޮކަން ބިނާވެފައިވަނީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއެޗްއޯ) އިން ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ ޖިސްމާނީ ދުޅަހެޔޮކަން ބިނާވެފައިވަނީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ސަރުކާރުން އެހާ އިސްކަމެއް ދީގެން މަސައްކަތް ކުރާ ސަބަބަކީ އެއީ ކަމަށެވެ.
މީގެއިތުރުން، ރައީށް ސޯލިހު ވިދާޅުވީ އެހެން ބަލި ތަކެކޭ ވެސް އެއްފަދައިން ނަފްސާނީ ބަލިތަކުން އަރައިގަތުމަށް އޮތް ރާސްތާ ފެށެނީ މުޅި މުޖުތަމައުގެ ހުރިހާ ފަރުދުންގެ އަޅާލުމާއި އެހީތެރިކަމުގެ ތެރެއިން ކަމަށެވެ. އަދި ރައީސް ވަނީ ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތަކަށް އަޅާލުމަށް ގޮވާލައްވާފައެވެ.
އެހެން ބަލި ތަކެކޭ ވެސް އެއްފަދައިން ނަފްސާނީ ބަލިތަކުންވެސް އަރައިގަތުމަށް އޮތް ރާސްތާ ފެށެނީ މުޅި މުޖުތަމައުގެ ހުރިހާ ފަރުދުންގެ އަޅާލުމާއި އެހީތެރިކަމުގެ ތެރެއިން. ވަކިން ހާއްސަކޮށް މި ބަލީގައި އަސަރުކޮށްފައިވާ ފަރާތްތަކަށް އެންމެން ވެސް ވާގިވެރިވެގެން،.އެކަނިވެރިކަމާއި ބާކީ ވުމުގެ އިހުސާސުން އެމީހުން ދުރުކޮށްދީގެން. ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ދިނުމަށް އެކަށީގެންވާ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން މިއަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން.ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ކޮވިޑް-19 އިން އަރައި ގަތުމަށް މަސައްކަތް ކުރަމުންދާއިރު ކުރިއަށް ވުރެ ބޮޑަށް ނަފްސާނީ ދުޅަހެޔޮ ކަމަށް އަހައްމިޔަތު ކަމެއް ދޭން ޖެހިފައިވާ ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވަނީ މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ނަފްސާނީ ބަލިތަކުގެ އަސަރު ކޮށްފައިވާ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ ބުރަ އަދި ހިތްވަރުގަދަ މަސައްކަތަކުގެ މަސައްކަތް ފާހަގަކުރައްވާފައެވެ.
ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައި އެކަމަށް އާންމުން ހޭލުންތެރި ކުރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
އެގޮތުން ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެ ފަރުވާ އާސަންދައިގެ ދަށުން ކަވަރު ކުރެވޭނެ ގޮތް މި ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ. ކޮވިޑް-19 އާ ގުޅިގެން ނަފްސާނީ މައްސަލަތައް ތިންގުނައަށް ރާއްޖޭގައި އިތުރުވެފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.