ކ. މާލެ
|
8 އޮކްޓޯބަރ 2020 | ބުރާސްފަތި 22:09
މާލޭސިޓީގެ މަގުމަތި
މާލޭސިޓީގެ މަގުމަތި
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
މިއަދު ޕޮޒިޓިވްވީ 72 ދިވެހިން، 57 މީހުން ޕޮޒިޓިވްވެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުން!
86 މީހުންގެ ތެރެއިން 57 ކޭސް ފެނިފައިވަނީ މާލެއިން
އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ ދަށަށް ގޮސްފައި
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދަކީ 10،742

އިތުރު 86 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ފެށިގެން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އާއި ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 72 ދިވެހިންނާއި 14 ބިދޭސީންނެވެ. މީގެ ތެރެއިން 57 މީހުންނަކީ މާލޭ ސަރަހައްދުން ފެނެނު ކޭސްތަކެވެ. ބާކީ 29 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދަކީ 10،742 އެވެ. މީގެ ތެރެއިން 67 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 384 މީހެކެވެ. މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1112 އެވެ.

ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު 9589 އަރާފައިވާ އިރު، މި ބަލީގައި ރާއްޖެއިން މަރުވެފައިވަނީ 34 މީހެކެވެ. އެންމެ ފަހުން މި ބަލީގައި މީހަކު މަރުވެގެން ރިޕޯޓް ކުރެވިފައިވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން، ސެޕްޓެމްބަރު މަހުގެ 21 ގައެވެ.

އަތޮޅުތެރޭގެ ކޭސްތަކަށް ބަލާ އިރު، މީހުން ދިރިއުޅޭ 18 ރަށަކުންނާއި 20 ރިސޯޓެއްގައި އެކްޓިވް ކޭސްތައް ފެނިފައިވެއެވެ. 20 ރަށުން 82 ދިވެހިންނާއި، 64 ބިދޭސީން އެކްޓިވް ކޭސްގެ ތެރޭގައި ހިމެނެއެވެ. އަދި ރިސޯޓްތަކުން 11 ފަތުރުވެރިންނާއި 15 މުވައްޒަފުން ހިމެނެއެވެ.

- ކޮމެންޓް