ކ. މާލެ
|
8 އޮކްޓޯބަރ 2020 | ބުރާސްފަތި 20:06
އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރިވެރިއެއް ކަމުގައިވާ އަލީ އަބްދުﷲ - އޭނާ މަރާލާފައިވަނީ 2016 ވަނަ އަހަރު
އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރިވެރިއެއް ކަމުގައިވާ އަލީ އަބްދުﷲ - އޭނާ މަރާލާފައިވަނީ 2016 ވަނަ އަހަރު
ސޯޝަލް މީޑިއާ
އައްޑޫ ވިޔަފާރިވެރިޔާ މަރާލި މައްސަލަ
އައްޑޫ ވިޔަފާރިވެރިޔާ މަރާލި މައްސަލަ: އެކެއްގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރާއި 6 މަސް ދުވަހަށް ޖަލަށް!
މިއީ 2016 ވަނަ އަހަރު ހިނގި ހާދިސާއެއް
އަލީ އަބްދުﷲ މަރާލާފައި ވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި
އޭނާގެ މައްޗަށް އުފުލާފައި ވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ

އައްޑޫ ސިޓީ ހިތަދޫ ވިޔަފާރިވެރިއެއް ކަމުގައިވާ އަލީ އަބްދުﷲ މަރާލި މައްސަލައިގައި އޭނާ އަށް ބޮޑުބޭބެ ކިޔާ މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެ 12 އަހަރާއި 6 މަސް ދުވަހަށް ޖަލަށް ލާން ޙުކުމް ކޮށްފިއެވެ.

އެ މައްސަލާގައި ދައުވާލިބޭ މީހުންގެ ތެރެއިން ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ސ. ހިތަދޫ ހެޕީފިއުޗާ، އަހުމަދު އިބްރާހީމް ދީދީގެ ބައެވެ. އެގޮތުން ޤާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ރ)ގެ ދަށުން އޭނާގެ މައްޗަށް އުފުލާފައި ވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާ ސާބިތުވެ އޭނާގެ މައްޗަށް ޙުކުމް ކޮށްފައިވާއިރު، ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފައެވެ.

2016 ވަނަ އަހަރު ހިނގި މި މައްސަލައާއި ގުޅޭ މައުލޫމާތު މީޑިއާތަކަށް ދެމުން އޭރު ފުލުހުން ބުނެފައިވަނީ، އަލީ އަބްދުﷲ މަރާލާފައި ވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށެވެ. އެގޮތުން އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ގޭގައި ވަޅުލާފައި ހުއްޓައި 40،000 އަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

އޭގެ އިތުރުން، އަލީ އަބްދުﷲ މަރާލުމުގައި އަމަލީ ގޮތުން އަހުމަދު އިބްރާހީމް ދީދީ ބައިވެރިވެފައިވާކަން ތަހުގީގުން އެނގެން އޮތްކަން ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި އަޙުމަދު އިބްރާހިމް ދީދީގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، މައްސަލައިގައި އިތުރު ބަޔަކަށް ވެސް ދައުވާ އުފުލައި ޝަރީއަތް ކުރިއަށް ދެއެވެ.

- ކޮމެންޓް