ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 17:32
ބީއެމްއެލްގެ ކުރީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ޝަރީފް (ވ) އަދި ރިސްކް ހެޑް ޔާމީން އާދަމް (ކ)
ބީއެމްއެލްގެ ކުރީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ޝަރީފް (ވ) އަދި ރިސްކް ހެޑް ޔާމީން އާދަމް (ކ)
ރައްޔިތުންގެ މަޖިލިސް
ބީއެމްއެލްގެ ރިސްކް ހެޑް
ބީއެމްއެލްގެ ރިސްކް ހެޑް، ޔާމީން އިސްތިއުފާ ދެއްވައިފި
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބީއެމްއެލްގެ ނޯންނާނެ ކަމަށް މަޖިލީހުގެ ކޮމިޓީގައި ވިދާޅުވި
މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 29 ގައި
ޔާމީން އާދަމް އަކީ ބީއެމްއެލްއަށް އެންމެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވި މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ގާތްގަނޑަކަށް 30 އަހަރު ހިދްމަތް ކުރެއްވުމަށްފަހު، އެ ބޭންކްގެ ހެޑް އޮފް ރިސްކްގެ މަގާމުގައި ހުންނެވި ޔާމީން އާދަމް އިސްތިއުފާ ދެއްވައިފިއެވެ.

އެނގިފައިވާގޮތުގައި ބީއެމްއެލްގެ ރިސްކް ހެޑްގެ މަގާމުގައި ހުންނެވި ޔާމީން އިސްތިއުފާ ދެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

ޔާމީން އިސްތިއުފާ ދެއްވިއިރު، އޭނާއަކީ، މިހާތަނަށް ދައުލަތުން ހިންގި އެންމެ ބޮޑު ވައްކާމާއި ހިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ބީއެމްއެލްގެ ދައުރު އޮތް ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ބީއެމްއެލް ދިފާއުގައި ވާހަކަ ދެއްކެވި ބޭފުޅެކެވެ.

މިދިއަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ބީއެމްއެލްގެ އޭރުގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ޝަރީފާ އެކު ޔާމީން ވަނީ މަޖިލިސް މެމްބަރުންގެ ތުހުމަތުތަކަށް ރައްދު ދެއްވައިފައެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބީއެމްއެލްގެ ބައިވެރިވުމެއް ނޯންނާނެކަމަށް ޝަރީފާއި ޔާމީންވެސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ކޮމިޓީގެ އެބައްދަލުވުމުގައި ޝަރީފް ދޮގު ހެއްދެވިކަން ހާމަކޮށް، މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވާފައި ވެއެވެ. އަދި އެމްއެމްޕީއާރުސީއަށް އެކި ފަރާތްތަކުން ދީފައި ހުރި ޗެކްތައް ބީއެމްއެލްގައިވާ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، ނަގަމުން ދިޔަ އިރު، އެ ބޮޑު ހިޔާނާތުގައި ބޭންކްގެ ބައިވެރިވުން އޮންނާނެ ކަމަށް ބައެއް މެމްބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ.

ކޮމެޓީގެ އެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ އެސްއޯއެފްގެ މުއާމަލާތްތަކުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ދިމާވުމުން، ސެންޓްރަލް ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ރިޕޯޓްކޮށް، އޭގެ ފަހުން އެސްއޯއެފްގެ އެކައުންޓް ވެސް ހިފެހެއްޓި ކަމަށެވެ. ނަމަވެސް ބައެއްގެ އެކައުންޓް އެގޮތަށް ހިފެހެއްޓުމަކީ ބޭންކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އިރުޝާދު ލިބުމުން އެ އެކައުންޓް ފަހުން ދޫކޮށްލީ ކަމަށް ވެސް ޔާމީން ވިދާޅުވެފައި ވެއެވެ.

އޮޑިޓް ރިޕޯޓްގައި ބުނާގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތް 1.3 ބިލިއަން ރުފިޔާއަށް އަރާކަަމަށް ބުނެފައިވީނަމަވެސް، އެއީ ނުއަގުގައި ރަށްތަކާއި ފަޅުތައް އެމްއެމްޕީއާރުސީން ވިއްކައިގެން ދައުލަތަށް ވަންނަން ޖެހޭ ފައިސާއެވެ. ރާއްޖޭގެ އިގްތިޞާދު ދިރާސާކުރާ ފަރާތްކުން ބުނަމުންދަނީ އެމްއެމްޕީއާރުސީގެ ހިޔާނާތް ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

- ކޮމެންޓް
10 އޮކްޓޯބަރ 2020 | ހޮނިހިރު 12:58
ރާގުންޑާ
ވަގުންނާއެކީ ކެތް ނުކުރެވުނީމަ ދެން ނޫޅެވޭނެ. ރަނގަޅު.