ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 13:30
އެޗްއާރްސީއެމް، ތިން ފަރާތެއް ނަން ފޮނުވާފައިވޭ
އެޗްއާރްސީއެމް، ތިން ފަރާތެއް ނަން ފޮނުވާފައިވޭ
ރާއްޖެ އެމްވީ
އެޗްއާރްސީއެމްއަށް މެމްބަރުން އައްޔަންކުރަނީ
އެޗްއާރްސީއެމްގެ މެންބަރުންގެ މަގާމަށް ރައީސް ފޮނުވާފައިވާ ނަންތަކާއި ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދަނީ
13 އޮކްޓޫބަރުވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޝަކުވާ ހުށަހަޅަން ޖެހޭ
އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ
ރައީސް ފޮނުވާފައިވާ ނަންތަކަކީ މުނާ، ސަމީނު އަދި މަހީރާ

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ހުސްވެފައިވާ މެންބަރުންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުވާފައިވާ ފަރާތްތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

އެޗްއާރްސީއެމް މެންބަރުންގެ މަގާމު ހުސްވެފައިވާތީ (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަމޯލްޑިވްސްއަށް މެންބަރަކު އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ފަރާތްތަކުގެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް 5 އޮކްޓޫބަރު 2020 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް އެ މައްސަލަ ފޮނުވާފައިވެއެވެ.

އެހެންކަމުން، އެޗްއާރްސީއެމްގެ ހުސްވެފައިވާ މެންބަރުންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުވާފައިވާ ފަރާތްތަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ށ) ދަށުން ވަނީ އިއުލާންކޮށްފައެވެ.

ރައީސް ފޮނުވާފައިވާ ނަންތަކަކީ މ. ބާރަނާގެ މަރިޔަމް މުނާ، އއ. ތޮއްޑޫ ފިނިވާގެ އަހުމަދު ސަމީނު އަދި ޅ. ހިންނަވަރު ހިޔާވަހިގެ ފާތިމަތު މަހީރާ މުހައްމަދެވެ.

މިފަރާތްތަކާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، 13 އޮކްޓޫބަރު 2020ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީގެ އީމެއިލް އެޑްރެސް [email protected]ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައި ދިނުމަށް މަޖިލީހުން ވަނީ އެދިފައެވެ.

- ކޮމެންޓް