މިދިޔަ ސެޕްޓެމްބަރުމަހު ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން 138 ރަށަކުން 9000 މީހުން ހިދުމަތް ހޯދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ކުޅުދުއްފުށިީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސާވިސަސް އަހުމަދު ދާއޫދު ވިދާޅުވެފައިވާ ގޮތުގައި، ފާއިތުވެ ދިޔަ ސެޕްޓެމްބަރު މަހަށް އެކަނި ބަލާލި ކަމުގައިވިޔަސް 138 ރަށަކަށް ނިސްބަތްވާ 9000 މީހަކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތް ހޯދާފައިވާ ކަމަށެވެ.
އަހުމަދު ދާއޫދު ވިދާޅުވީ، ހޮސްޕިޓަލުގެ ހިދްމަތް އިތުރަށް ރަގަޅު ކުރަން ޖެހޭ ގިނަ ކަންކަން ހުރުމާއެކު ވެސް ކުޅުދުއްފުށި ރައްޔިތުން ދިޔައީ އެ ފަރާތްތަކަށް ވީހާ ވެސް ފަސޭހައިން ކަންކަން ވާނެ ފަދަ ގޮތަކަށް އިންތިޒާމުތައް ރޭވުމަށް އެ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެ ހިދްމަތް ހޯދަން އަންނަ ފަރާތްތަކުގެ ހިޔާލުތައް ވެސް ގާތުން ބަލަމުން ދިޔަ ކަމަށް އަހުމަދު ދާއޫދު ވިދާޅުވި އެވެ.
މީގެއިތުރުން އަހުމަދު ދާއޫދު ވިދާޅުވި ގޮތުގައި، ސެޕްޓެމްބަރު މަހު މޮނިޓަރިންގެ ހާލަތުގައި 5 ދުވަހު އޮތުމާއެކު ވެސް އެކި ރަށްރަށަށް ނިސްބަތްވާ 9000 މީހުންނަށް އެ ހޮސްޕިޓަލުން ހިދްމަތް ދެވިފައިވާތީ އުފާކުރައްވާ ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާގުޅިގެން ކުޅުދުއްފުޓަށް އަދި ރައްޔިތުންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ފަރުދީ ޒިންމާ އަދާ ކުރުމުގައި ޒިންމާދާރުވުމަށް ދާއޫދު ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ޤަވާއިދުތައް ހެދުމުގައި ރަގަޅަށް ކާމިޔާބު ކަމާއެކު ހިނގަމުން އަންނަ ކަންކަމަށް ލޮޅުން ނާރާނެ ފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ދާއޫދު ވަނީ ގޮވާލައްވާފައެވެ.