ކ. މާލެ
|
6 އޮކްޓޯބަރ 2020 | އަންގާރަ 22:31
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރަން 1،488 ސާމްޕަލް ވަނީ ނަގާފައި
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރަން 1،488 ސާމްޕަލް ވަނީ ނަގާފައި
ޔޫސުފް ސޮފްވާން ރަޝީދު
ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 10،621 އަށް
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 54 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި
ޕޮޒިޓިވްވި 45 މީހުންނަކީ ދިވެހިން
ޕޮޒިޓިވްވި ނުވަ މީހުންނަކީ ބިދޭސީން

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 10،621 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 54 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުން 52 މީހުން ޕޮޒިޓިވްވެފައިވާއިރު، އަތޮޅު ތެރެއިން ޕޮޒިޓިވްވެފައި ވަނީ ދެމީހުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،488 ސާމްޕަލް ނަގައި ޓެސްޓުކޮށް ޕޮޒިޓިވްވި 52 މީހުންގެ ތެރެއިން 45 މީހުންނަކީ ދިވެހިންނެވެ. އަދި ނުވަ މީހުންނަކީ ބިދޭސީންނެވެ.

މިވަގުތު 1،114 މީހުން ރާއްޖެ އިން ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ ކަމަށާއި އޭގެ ތެރެއިން 407 މީހުން ފަރުވާ ހޯދަމުންދަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ހޯދަމުން ދަނީ 68 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 9،466 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ކޮވިޑް ޖެހުނު 34 މީހަކު ވަނީ މަރުވެފައެވެ.

- ކޮމެންޓް