ކ. މާލެ
|
6 އޮކްޓޯބަރ 2020 | އަންގާރަ 03:49
އައްޑޫ ސިޓީއަށް ކުރި ވިއްސާރައެއްގައި އެ ރަށު މަގުމަތި ފެންބޮޑުވެފައި - ފައިލް ފޮޓޯ
އައްޑޫ ސިޓީއަށް ކުރި ވިއްސާރައެއްގައި އެ ރަށު މަގުމަތި ފެންބޮޑުވެފައި - ފައިލް ފޮޓޯ
ޓްވިޓަރ
ރާއްޖޭގެ މޫސުން
ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، ވައިޓް އެލާޓް ނެރެފި
ހެނދުނު 7:00 އަށް ތ. އަތޮޅުންް ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގައިވާ ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، ދެކުނުގެ އަތޮޅުތަކަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ނެރިފައިވާ އެލާޓްގައިވާގޮތުން ހެނދުނު 7:00 އަށް ތ. އަތޮޅުންް ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގައިވާ ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.

މިރޭ 8:00 އަށް ރާއްޖޭގެ އެހެން ސަރަހައްދުތަކަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު، މެދު ރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އެވެ. މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، އުތުރުގެެ ބައެއް ރަށްތަކަކަށް ކެރީގެއަސަރުކުރުކުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުންޏެވެ.

- ކޮމެންޓް