ކ. މާލެ
|
5 އޮކްޓޯބަރ 2020 | ހޯމަ 19:11
ރާއްޖޭގެ ފޮރިންގ މިނިސްޓަރާއި އިންޑީއާ ހައިކޮމިޝަނަރ
ރާއްޖޭގެ ފޮރިންގ މިނިސްޓަރާއި އިންޑީއާ ހައިކޮމިޝަނަރ
ފޮރިން މިނިސްޓްރީ
އިންޑިއާ ސަރުކާރުގެ އެހީގައި އަޅާ ފެނާއި ނަރުދަމާގ
އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ޕްރީކޮލިފައިވި ފަރާތްތައް އަންގައިފި
މި މަޝްރޫއުތަކަށް ގާތްގަޑަކަށް 80 މިލިއަން ޑޮލަރު ހަރަދުވާނެ
އުމްރާނީ ތަރައްގީގެ މަޝްރޫއުތަށް ހިންގުމަށް 60 ގައުމަކަށް އިންޑިއާއިން ކްރެޑިޓް ފެސިލިޓީ ފޯރުކޮށްދޭ
އެހީގެ ޓާމްސްތައް އެގްޒިމް ބޭންކުގެ ވެބްސައިޓްގައި ފެންނަން ހުރޭ

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް, ޕްރީ ކޮލިފައިވެފައިވާ ފަރާތްތައް މިމަޝްރޫއުތަކަށް ފަންޑުކުރާ އިންޑިޔާގެ އެގްޒިމް ބޭންކުން މިހާރު ފޮނުވާފައިވާ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހޯމަ ދުވަހު ކުރިޔަށްދިޔަ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެމައުލޫމާތުތައް ލިބުމާއެކު މިހާރު ޓެންޑަރ ޑޮކިޔުމަންޓްސް އަށް ނޯ އޮބްޖެކްޝަނަށް އެގްޒިމް ބޭންކަށް ފޮނުވާފައިވާ ކަމަށެ އެވެ. އަދި ނޯ އޮބްޖެކްޝަން ލިބުމާއެކު ޕްރީ ކޮލިފައިވި ފަރާތްތަކަށް ޓެންޑަރިންގ އަށް ފޮނުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކަށް ގާތްގަޑަކަށް 80 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. އަދި މި މަޝްރޫއުތައް މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

އުމްރާނީ ތަރައްގީގެ މަޝްރޫއުތަށް ހިންގުމަށް 60 ގައުމަކަށް އިންޑިއާއިން ކްރެޑިޓް ފެސިލިޓީ ފޯރުކޮށްދެ އެވެ.

މި އެހީގެ ޓާމްސްތައް އެގްޒިމް ބޭންކުގެ ވެބްސައިޓްގައި ފެންނަން ހުރެއެވެ. އަދި ކޮންމެ ޕްރޮޖެކްޓް ލޯންއެއްގައި ވެސް 5 އަހަރުގެ މޮރިޓޯރިއަމްއެއް ވާއިރު، ރިޕޭމެންޓް ޕީރިއަޑްއަކީ 20 އަހަރު ކަމަށް ވެބްސައިޓްގައި ބަޔާންކޮށްފައިވެ އެވެ.

އިންޑިއާގެ ހައިކޮމިޝަނުން މީގެކުރިން ބުނެފައިވަނީ އެގައުމުން ރާއްޖެއާއި އެކު އެލްއޯސީ ގެ ދަށުން ހިންގޭ ހުރިހާ މަޝްރޫއުއެއްގެ ޓެންޑާ ކަރުދާސްތައް ތައްޔާރުކުރެވެނީ ދިވެހި ސަރުކާރާއި އެކުގައި ކަމަށާއި ފެނާ ނަރުދަމާގެ މި މަޝްރޫއުގެ ޓެންޑާ ކަރުދާސްތައް ތައްޔާރުކުރުމުގައި ޕްލޭނިންގ މިނިސްޓްރީގެ ބައިވެރިވުން އޮންނަ ކަމަށެވެ.

މި މަޝްރޫއަކީ ދިވެހި ރައްޔިތުންނަށްޓަކާ ހިންގޭ މަޝްރޫއެއް ކަމަށާއި އެހެންކަމުން މަޝްރޫއުގެ ހަމަތައް ނިންމަންވާނީ ދިވެހި ސަރުކާރުން ކަމަށް ވެސް ހައިކޮމިޝަނުން ބުނެއެވެ. އަދި އެލްއޯސީ ގެ މަޝްރޫއުތަކުގެ މަސައްކަތުގައި އިންޑިއާގެ ކުންފުނިތަކާއިއެކު ބައިވެރިވުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ލިބޭ އިރު މި މައުލޫމާތު އެގްޒިމް ބޭންކްގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

- ކޮމެންޓް