ކ. މާލެ
|
5 އޮކްޓޯބަރ 2020 | ހޯމަ 10:48
މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ފޮޓޯ ފުލުހުން ވަނީ އާއްމުކޮށްފައި
މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ފޮޓޯ ފުލުހުން ވަނީ އާއްމުކޮށްފައި
ޕޮލިސް
މަސްތުވާތަކެތި އެތެރެކުރި ބަޔަކު ހައްޔަރުކުރުން
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނުގެ ހަތަރު މީހަކު ހައްޔަރުކޮށްފި
81 ބުލެޓް ވަނީ ފެނިފައި
ހައްޔަރުކުރީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު

އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނުގެ ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އަހްސަން އުލް ހަސަން (30 އަހަރު) އާއި، މުހައްމަދު އަލީ ބާއިގް (41 އަހަރު) އާއި، މުހައްމަދު ސާދު ވަރްސީ (22 އަހަރު) އަދި އަބްދުﷲ އަލީ ހަސަން (34 އަހަރު) އެވެ. މި ހަތަރު މީހުންނަކީ ވެސް ޕާކިސްތާން ފިރިހެނުންނެވެ.

ފުލުހުން ބުނީ، އެ ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ، ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެތެރެހަށީގައި ރައްކާ ކޮށްގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކު ކުރެވިގެން ފުލުހުންނަށް މައުލޫމާތު ދިނުމާއި ގުޅިގެންނެވެ. އެގޮތުން އެ މީހުން ހުއްޓުވައި، އެކްސްރޭ ކުރުމުން ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށާއި، އަދި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެމީހުން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އެމީހުންގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރި ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އެ މީހުން ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 81 ބުލެޓް ފެނިފައިވެއެވެ. މިތަކެތީގެ ބަރުދަނުގައި 791 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަަލް ކޯޓަށް ހާޒިރު ކުރުމުންވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.

- ކޮމެންޓް