އަދާރަން ރަންނާޅި ރިސޯޓުގައި ކަރަންޓް ޖެހިގެން ބިދޭސީއަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މަރުވެފައިވަނީ ސްރީލަންކާ ފިރިހެނެއް ކަމަށެވެ. އެ މީހާ ކަރަންޓް ޖެހިގެން މަރުވި މައްސަލަ އޮކްޓޯބަރު 4 ވަނަ ދުވަހުގެ ރޭ 20:00 ޖެހިއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގާފައިވަނީ އެ ދުވަހުގެ އިިރުއޮއްސި 18:30 ހާއިރު ކަމަށެވެ.
އޭގެ ފަހުން އެ މީހާ 19:30 ގައި މާފުށި ހެލްތް ސެންޓަރަށް ގެންދެވުނު ކަމަށް ވެސް ފުލުހުން ބުންޏެވެ. ރިސޯޓުގައި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ފުލުހުން ހާމަކޮށްފައި ނުވާއިރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.