ނެޓް މީޓަރިންގ ޤަވާއިދު އިސްލާހުކޮށް އެއަށް އަމަލު ކުރަން ފަށައިފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އިން ވަނީ ހަކަތައިގެ ދާއިރާތައް 2018-2020 ގެ ދަށުން ނެޓް މީޓަރިންގ ޤަވާއިދު އިސްލާހުކޮށް ގެޒެޓް ކޮށްފައެވެ.
އެގޮތުން މި އިސްލާހުގެ ދަށުން އިރުގެ އަލިންް ހަކަތަ އުފައްދާ ނިޒާމު ބޭނުން ކޮށްގެން އަމިއްލަ ފަރާތްތަކުން އެ ފަރާތްތަކަށް ބޭނުންވާ ކަރަންޓް އުފައްދާ ބޭނުން ކުރުމުގެ ފުރުސަތު އިތުރަށް ފަހިވެގެން ދާނެއެވެ.
މި ގަވައިދުގެ ދަށުން އުފައްދާ ކަރަންޓު ބޭނުން ކޮށްގެން އިތުރުވާ ޔުނިޓްތައް ޖެހިގެން އަންނަ މަހު ބިލަށް ރޯލު ވަމުން ދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، ވިދިވިދިގެން ހަ މަސް ދުވަސް ވަންދެން ރޯލުވެފައި ހުންނަ ޔުނިޓަށް ފައިސާ އާއްމު ޓެރިފް އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމަރަށް ލިބެމުން ދާނެއެވެ.
ނެޓްމީޓަރިން އުސޫލުން ކަރަންޓުގެ ޚިދުމަތް ލިބިގަތުމުން، ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ބޭނުންވާ ޖުމްލަ ކަރަންޓު، ނުވަތަ ކަރަންޓުން ބައެއް އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތެއް ބޭނުންކޮށްގެން އަމިއްލައަށް އުފައްދާ ކަރަންޓުން އިތުރުވާބައި، ކަރަންޓުގެ ޚިދުމަތްދޭ ފަރާތުގެ ޑިސްޓްރިބިއުޝަން ވިއުގައަށް ފޮނުވުމުގެ ފުރުޞަތު ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބޭނެއެވެ.