ކުށްކުރާ މީހުން ހައްޔަރުކުރާއިރު ގާނޫނުން ބާރު ލިބިފައިވާ ހުދޫދުގެ ތެރެއިން އެކަން ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިލްތިމާސް ކުރައްވައިފިއެވެ.
އިންޓަރނޭޝަނަލް ޑޭ އޮފް ނޮން-ވަޔަލަންސް އާއި ގުޅިގެން ސިޕީ ވިދާޅުވީ، މުޖުތަމައު ތެރޭގައިވެސް ބައެއް ފަހަރު އަނިޔާވެރިކަން ފެންނަމުންދާ ކަމަށެވެ. ފުލުހުން ރެކޯޑް ކުރަމުންދާ ބައެއް ކުށްތަކުގެ ވެސް އަނިޔާވެރި ކުށްތަށް ހިމެނޭއިރު އެ ކުށްތަކުގައި ޝާމިލްވާ ފަރާތްތައް ވަކި އުމުރުފުރައަކަށް ބެލުމެއް ނެތި ފުރިހަމައަށް ތަހުގީގުކޮށް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަކީ ކޮންމެ ދުވަހަކު ކުރަމުންދާ މަސައްކަތް ކަމަށާއި އެ މަސައްކަތުގައި ދެމި ތިބޭނެ ކަމަށެވެ.
ސީޕީ ވަނީ ފުލުހުންގެ ވާޖިބު އަދާކޮށް ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ އަކީ ދައުލަތެއްގެ ތެރޭގައި ބާރު ލިބިގެން އެކި ފަރާތްތަކުގެ މައްޗަށް ބާރު ބޭނުން ކުރުމުގެ ހުއްދަ އޮންނަ އެއް މުއައްސަސާކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، ކުށަތަކަށް އަރައިގަންނަ އިރު އަނިޔާވެރިވާ ފަރާތްތައް ހުއްޓުވުމުގައި ނުވަތަ ހައްޔަރު ކުރާއިރު ވެސް ފުލުހުންނަށް ގާނޫނުން ލިބިދީފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ހާއްސަކޮށް ގަދަކަމުން ހައްޔަރު ކުރާ އިރު މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް ސީޕީ އިލްތިމާސް ކުރެއްވިއެވެ. އަދި، ފުލުހުންނަށް އަމާޒު ކުރެވިގެ ންވެސް އަނިޔާވެރި ވެފައިވާ ކަމަށާއި މިކަންކަމުން ދުރުހެލިވެ ހުރިހާ ފަރާތްތަކުން ވެސް އަމާން ރައްކާތެރި މުޖްތަމައެއް ބިނާ ކުރުމަށް ގުޅިގެން މަސައްކަ ތްކުރުމަށް ސީޕީ އިލްްތިމާސް ކުރެއްވިއެވެ.