ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 23:10
މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ހިސާބުތަކުގައި ކިޔަވައިދޭ
މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ހިސާބުތަކުގައި ކިޔަވައިދޭ
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ދަރިވަރުންނަށް ކުރާ ނޭދެވޭ އަސަރުތައް
ކޮވިޑާއި ގުޅިގެން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރުމަކީ ކަންބޮޑުވާ ކަމެއް: އެޑިޔުކޭޝަން
ރާއްޖޭގެ އެއްވެސް ސްކޫލެއްގައި އިތުރު ހަރަކާތް ކުރިއަށް ނުގެންދޭ
މިދުވަސްވަރު ބެލެނިވެރިން ސަމާލުކަންދޭން ޖެހޭ ކަންކަން އެބަހުރި

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ސްކޫލު ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރުމަކީ ކަންބޮޑުވާކަމެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަން އޮފިސަރ ހުސްނު އަފްރޯސް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހުސްނު އަފްރޯސް ވިދާޅުވީ މިދުވަސްވަރު ސްކޫލުތަކުގައި، ހާއްސަކޮށް މާލެ ސަރަހައްދުތަކުގެ ކިޔަވައިނުދިނުމާއި އިތުރަށް އެއްވެސް ހަރަކާތެއް ނުހިންގުމުން ދަރިވަރުންނަށް އެކަމުގެ ސަބަބުން ނަފްސާނީ އަސަރުތައް ކުރާ ކަމަށެވެ. އަދި ކުދިންގެ މެދުގައި އޮންނަ ދޭދޭ ގުޅުމަށްވެސް އަސަރުކުރާކަން ފާހަގަކުރަމުން އޭނާ ވިދާޅުވީ ކުދިން ސްކޫލަށް ނުގޮސް ގޭގައި ހޭދަކުރާ ވަގުތު ކުދިން މޮނިޓަރ ކުރަން ބެލެނިވެރިން ހާއްސަ ސަމާލުކަމެއްދޭން ޖެހޭ ކަމަށެވެ.

ބައެއް ކުދިން އެހެން މީހުންނާއި އެކަހެރިވެގެން އުޅޭ އުޅުމާއި އަދި ރުޅިގަދަވުން ފަދަ އާދަޔާ ޚިލާފުކަމެއް ކުރާނަމަ އެކުދިންނަށް ވަކިން ހާއްސަކަމެއް ދީގެން ބެލެނިވެރިން ބަލަން ޖެހޭނެ ކަމަށް ހުސްނު އަފްރޯސް ވިދާޅުވިއެވެ.

އޮންލައިން ކްލާސްތަށް ކުރިއަށްދާ ގޮތާއި ގުޅިގެން އޭނާ ވިދާޅުވީ ގިނަ ފަހަރަށް ބައެއް ކުދިންނަށް ކިޔަވައިދޭ އެއްޗެއް ސާފު ނުވެދާ ކަމަށާއި އެހެންނަމަވެސް މިކަންކަން ހައްލުވެގެންދާނީ ބެލެނިވެރިންނާއި ޓީޗަރާއި އޮންނަ ގުޅުން ބަދަހިކޮށްގެން ކަމަށެވެ.

މިދަނޑިވަޅުގައި ކުދިން މީގެކުރިން ކުރަމުން އައި ވަރަށް ގިނަ ކަންކަން ބަދަލުވެފައިވާއިރު ކުދިން ރޫޓިންއަކަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ދުވަހުގެ އެކި ވަގުތުތަކުގައި ކުދިން ކުރަންޖެހޭ ކަންކަން ރޫޓިންއަކަށް ފައްތާ އެކަމަށް ކުދިން ހާނުވަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ހިސާބުތަކުގެ ސްކޫލުތަކުގައި ކިޔަވައިދެމުންގެންދެއެވެ.

- ކޮމެންޓް