ކ. މާލެ
|
13 އޯގަސްޓް 2020 | ބުރާސްފަތި 13:15
މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް 830 ޓަނުގެ ކުނި އުފައްދާ
މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް 830 ޓަނުގެ ކުނި އުފައްދާ
ރާއްޖެއެމްވީ
ކުނިން ހަކަތަ އުފެއްދުން
ކުނިން ހަކަތަ އުފައްދާ ފެސިލިޓީއެއް ގާއިމު ކުރަން އޭޑީބީން 73 މިލިއަން ޑޮލަރުގެ ލޯނެއް
މަޝްރޫއުގެ ޖުމްލަ އަގަކީ 151.13 މިލިއަން ޑޮލަރު
މި މަޝްރޫއުއަށް ދިވެހި ސަރުކާރުން 27.74 މިލިއަން ޑޮލަރު ހަރަދު ކުރާނެ
ކުނިން ހަކަތަ އުފެދުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް

ރާއްޖޭގައި ކުނިން ހަކަތަ އުފައްދާ ފެސިލިޓީއެއް ގާއިމު ކުރަން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ) އިން 73 މިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.

އޭޑީބީއިން ބުނެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދާއި ކައިރި އެހެން ރަށްތަކުގައި އުފައްދާ ކުނި، ހަކަތަ އަށް ބަދަލުކުރާނެ ފެސިލިޓީއެއް ގާއިމު ކުރުމަށް ދިވެހި ސަރުކާރަށް 73.39 މިލިއަން ޑޮލަރުގެ ކޮންސެޝަނަލް ލޯނެއް ދީފައިވާކަމަށެވެ. ގްރޭޓަރ މާލެ ސަރަހައްދުގައި ކުނީގެ މައްސަލަ އަކީ ބޮޑު މައްސައަކަށްވާއިރު އެ ސަރަހައްދުން ދުވާލެއްގެ މައްޗަށް 830 ޓަނުގެ ކުނި އުފައްދާ ކަމަށްވެއެވެ.

އޭޑީބީ އަރބަން ސައުތު އޭޝީއާގެ ޑިވެލޮޕްމެންޓް ސްޕެޝަލިސްޓް، ލޫކާ ޑި މާރިއޯ ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ކުނި މެނޭޖް ކުރުމުގެ ނިޒާމަށް ބޮޑު އިންގިލާބެއް ގެނުވާނެ ކަމެއް ކަމަށެވެ. އަދި އާއްމު ސިއްހަތު ވެސް ރަނގަޅުވެގެންދާނެ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ތިމާވެށީގެ އިތުރުން ކަނޑު ތަޢައްޔަރުވުން ކުޑަވެގެންދާނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ވައި ތަޢައްޔަރުވުން ކޮންޓްރޯލް ކުރާ ނިޒާމެއް އެކުލެވޭ ޑަބްލިއުޓީއީ ޕްލާންޓެއް ގާއިމު ކުރެވޭނެއެވެ.

މުޅި މަޝްރޫއުގެ ޖުމްލަ އަގަކީ 151.13 މިލިއަން ޑޮލަރެވެ. އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކުން 40 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަސް ނިންމާފަިއވާއިރު ޖަޕާން ފަންޑު ފޯރ ޖޮއިންޓް ކްރެޑިޓިންގް މެކޭނިޒަމްގެ ދަށުން 10 މިލިއަން ޑޮލަރުގެ ގްރާންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. އޭޑީބީއިން ވަނީ 500،000 ޑޮލަރުގެ ގްރާންޓެއް ދިނުމަށްވެސް ނިންމާފައެވެ. މި މަޝްރޫއުއަށް ދިވެހި ސަރުކާރުން 27.74 މިލިއަން ޑޮލަރު ހަރަދު ކުރާނެއެވެ.

- ކޮމެންޓް