Advertisement
ކ. މާލެ
|
31 އޯގަސްޓް 2024 | ހޮނިހިރު 01:41
ރައީސް މުއިއްޒު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް
ރައީސް މުއިއްޒު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް
ރާއްޖެއެމްވީ
އިންޑިއާ އާއި ރާއްޖޭގެ ގުޅުން
ރައީސް މުޢިއްޒު އިންޑިއާ އާ ގުޅުން ބަދަހިކުރައްވާތީ އަދީބުގެ ތަޢުރީފް
ރައީސް ޔާމީން އާއި ރައީސް މުއިއްޒުގެ ގުޅުން ގޯސްވެ، އިންޑިއާ އައުޓް ސްލޯގަން އާ ޑރ މުއިއްޒު ދުރަށް ވަޑައިގެންނެވި ކަމަށް އަދީބް ވިދާޅުވި

އިންޑިއާ އާއެކު ގުޅުން ބަދަހިކުރައްވަމުން ގެންދަވާތީ ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު، ރައީސް މުޙައްމަދު މުޢިއްޒު ތަޢުރީފު ކުރައްވައިފިއެވެ.

އޭޝިއަން ނިއުސް އިންޓަރނޭޝަނަލް (އޭއެންއައި) އަށް ޑުބާއީ ގައި ހުންނަވާ ދެއްވި ބަސްދީގަތުމެއްގައި އަދީބު ވިދާޅުވެފައިވަނީ ދިވެހިރާއްޖެ އާއި އިންޑިއާއަކީ އެންމެ ގާތް އަވައްޓެރިންކަމަށާއި، ދިވެހިރާއްޖެއިން އަބަދުވެސް ގެންގުޅެފައި އޮތީ "އިންޑިއާ ފަސްޓް" ސިޔާސަތުކަމަށެވެ. އަދި އިންޑިއާ އަކީ ދިވެހިރާއްޖެއަށް "ބޮޑު ބޭބެ" އެއް ފަދަ ގައުމެއް ކަމަށް އަދީބު ވިދާޅުވިއެވެ.

Advertisement

ރައީސް މުޢިއްޒު އިންޑިއާއާއެކު ވަރަށް ރަނގަޅު ގުޅުމެއް ބާއްވަން ފަށްޓަވާފައިވާކަމަށް އަދީބު ފާހަގަކުރެއްވިއެވެ. މިގޮތުން ރައީސް މުޢިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައި ކަމަށާއި، އަދި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު ވަނީ ވަރަށް ފަހުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވާފައިކަން އަދީބު ފާހަގަ ކުރެއްވިއެވެ. މި ކަންކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އަންނަނީ ބަދަހިވަމުން ކަމަށާއި އެކަމާ ވަރަށް އުފާ ކުރައްވާ ކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ނައިބު ރައީސް ކަމުގެ މަގާމު ފުރުއްވި ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އާ ދިމާލަށް ރާއްޖޭގެ ގުޅުން ދީލާލި ކަމަށާއި، އަދި އިންތިޚާބު ގެއްލުމުން "އިންޑިއާ އައުޓް" ހަރަކާތް ޔާމީން ފެއްޓެވިކަން އަދީބު ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ޝިއާރެއްގެ ގޮތުގައިވެސް އިންޑިއާ އައުޓް ބޭނުން ކުރި ކަމަށާއި، އެ ސްލޯގަން އައު ރައީސް މުއިއްޒަށް ވާރުތަވި ކަމަށް އަދީބް ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސް ޔާމީން އާއި ރައީސް މުއިއްޒުގެ ގުޅުން ގޯސްވެ، އިންޑިއާ އައުޓް ސްލޯގަން އާ ޑރ މުއިއްޒު ދުރަށް ވަޑައިގެންނެވި ކަމަށް އަދީބު ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް އަދީބު، ޑރ. މުއިއްޒު އިންޑިއާ އާ ގުޅުން ބަދަހި ކުރައްވާތީ އެކަމަށް ތައުރީފް ކުރައްވާ ވާހަކަފުޅު ދެއްކެވި މި ދަނޑިވަޅަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ ފައިސާ އަދީބުގެ އަތްޕުޅުން ޑރ، މުއިއްޒު ނެންގެވި ކަމުގެ އަޑު ފެތުރިފައިވާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ.

މި ތުހުމަތުތައް ރައީސް މުއިއްޒު ވަނީ ދޮގު ކުރައްވާފައެވެ.

ކުރީގެ ރައީސް ޔާމީން ވިދާޅުވެފައިވަނީ މި ފައިސާ މުއިއްޒު ހޯއްދެވީ އޭރުގެ ކެބިނެޓް އާއި އަދިވެސް މުހިންމު ތަންތަނުގައި އަދީބު އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ޖާސޫސް ކޮށްދެއްވުމުގެ އަގެއްގެ ގޮތުގައެވެ.

ސަންގުޓީވީ ގައި ވާހަކަ ދައްކަވަމުން ހޮނިހިރުވިލޭރޭ ޑރ. މުއިއްޒު ވިދާޅުވީ އަދީބު އަތުން ފައިސާއެއް ދުވަހަކު ވެސް ހޯދާފައި ނުވާނެކަމަށާއި އެއްވެސް އިރެއްގައި އަދީބު އާ ގާތް ގުޅުމެއް ބާއްވާފައި ނުވާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
31 އޯގަސްޓް 2024 | ހޮނިހިރު 09:48
ލަލަލާ
ދެން އަތްޖަހާ