ކ. މާލެ
|
13 އޯގަސްޓް 2020 | ބުރާސްފަތި 11:26
ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްްވި ޖަލްސާއެއްގެ ތެރެއިން
ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްްވި ޖަލްސާއެއްގެ ތެރެއިން
ޕީޕީއެމް
ޕީޕީއެމް ޖޫރިމަނާކުރުން
ބައިލައްކަ ރުފިޔާއިން ޕީޕީއެމް ޖޫރިމަނާކޮށްފި
ޕީޕީއެމްއިން މިކަންކަން ތަކުރާރުކުރާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފައި
އީސީން ވަނީ އެ ޕާޓީގެ ހަޒާންދާރު ވެސް 10،000ރ. އިން ޖޫރިމަނާކޮށްފައި
އަށް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ އަނބުރާ ދެއްކުމަށް ވަނީ އަންގާފައި

ބައިލައްކަ ރުފިޔާއިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ޖޫރިމަނާ ކޮށްފިއެވެ.

ޕީޕީއެމް ޖޫރިމަނާކޮށްފައި ވަނީ މިދިޔަ އަހަރުގެ ޕީޕީއެމް އޮޑިޓް ރިޕޯޓްގައި އެ ޕާޓީގެ ފައިސާގެ ހިސާބުތައް ބަލަހައްޓާފައިނުވާ ކަމަށް ބަޔާންކޮށްފައިވާތި ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ. އެހެންކަމުން ސިޔާސީ ޕާޓީ ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕީޕީއެމް، 50،000 ޖޫރިމަނާ ކުރަން ނިންމާ، އެ ފައިސާ 8 މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ދެއްކުމަށް އެ ޕާޓީއަށް ވަނީ އަންގާފައެވެ.

ފައިސާގެ ކަންކަމުގައި ޕީޕީއެމުން ތަކުރާރުކޮށް ގާނޫނާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް އީސީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2013 އަދި 2108 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގެ ގައިވެސް އެކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަމާއި ގުޅިގެން ނަސޭހަތްތެރިވެފައިވާ ކަމަށް އީސީން ބުންޏެވެ. އަދި އޭގެ އިތުރުން ޕީޕިއެމްގެ ހަޒާންދާރު އަދި މުލިއާގެ ކުރީގެ ޗީފް އޮފް ސްޓާފް މުސްތަފާ ވެސް ވަނީ 10،000ރ. އިން ޖޫރިމަނާ ކޮށްފައެވެ.

- ކޮމެންޓް