ކ. މާލެ
|
10 ޖޫން 2020 | ބުދަ 03:23
އދ. ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތަރޭޝް
އދ. ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތަރޭޝް
ގޫގުލް
ކާބޯތަކެތީގެ ދަތިކަމުގެ ކުއްލި ހާލަތު
ވަގުތުން ފިޔަވަޅު ނޭޅިއްޖެނަމަ ކާބޯތަކެތީގެ ދަތިކަމުގެ ކުއްލި ހާލަތު އިއުލާނުކުރަން ޖެހިދާނެ: ގުތަރޭޝް
މިއަދު ދުނިޔޭގައި 820 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި އެބަތިބި
ކޮވިޑް-19 ގެ ބަލިމަޑުކަމާއި އެކީ މިހާލަތު ދަނީ އިތުރަށް ގޯސްވަމުން

އެތައް މިލިއަން މީހުން ބަނޑުހައިހޫނުކަމުގައި އެބަތިބި ކަމަށާއި ކާބޯތަކެތީގެ ދަތިކަމުގެ ކުއްލި ޙާލަތު އިޢުލާނު ކުރަން ޖެހިދާނެ ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތަރޭޝް ވިދާޅުވެއްޖެ އެވެ.

ކާނާގެ ރައްކާތެރިކަމުގެ ސިޔާސަތާ ބެހޭގޮތުން 'ވާރޗުއަލް' ކޮށް ބޭއްވި ބައްދަލުވުމުގައި ގުތަރޭސް ވިދާޅުވީ ދުނިޔޭގެ އާބާދީ ކަމަށްވާ 7.8 ބިލިއަން މީހުންނަށް ފުދި އިތުރުވާ މިންވަރަށް ދުނިޔޭގައި ކާބޯތަކެތި އެބަހުރި ކަމަށެވެ. ނަމަވެސް މިއަދު ދުނިޔޭގައި 820 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި އެބަތިބިކަމަށެވެ.

އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާއި އެކީ މިޙާލަތު ދަނީ އިތުރަށް ގޯސްވަމުން ކަމަށެވެ.

މިހާރުން މިހާރަށް މިކަމުގައި ފިޔަވަޅު ނޭޅިއްޖެ ނަމަ އެތައް ސަތޭކަ ކުޑަކުދިންނަކާއި ބޮޑެތި މީހުން ދިގުމުއްދަތަކަށް ހައިހޫނުކަމަށް ގޮސް ދުނިޔޭގައި ކާބޯތަކެތީގެ ދަތިކަމުގެ ކުއްލި ޙާލަތެއް އިޢުލާނުކުރަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުތަރޭސް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން މިއަހަރު އިތުރަށް 49 މިލިއަން މީހުން އިންތިހާއަށް ބަނޑުހައިހޫނު ކަމަށް ވެއްޓުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

- ކޮމެންޓް