ކ. މާލެ
|
6 ޖޫން 2020 | ހޮނިހިރު 18:50
މެލޭޝިއާގެ ކުއާލާލަމްޕޫރުގެ ހޮސްޕިޓަލްގެ ތެރެއިން
މެލޭޝިއާގެ ކުއާލާލަމްޕޫރުގެ ހޮސްޕިޓަލްގެ ތެރެއިން
ރޮއިޓަރސް
މެލޭޝިއާގައި ކޮވިޑް-19 ފެތުރުން
މެލޭޝިއާއިން ހޮނިހިރު ދުވަހު އެކަނިވެސް ކޮވިޑް-19ށް 37 މީހަކު ޕޮޒިޓިވްވެއްޖެ
ޖުމްލަ 8303 މީހަކު ޕޮޒިޓިވްވެފައިވޭ
ހޮނިހިރު ދުވަހު އެކަކު މަރުވެފައިވޭ
މެލޭޝިއާ ސަރުކާރުން ވެސް ވަނީ ރައްކާތެރިވުމުގެ ގޮތުން ހަރުކަށި، ގިނަ ފިޔަވަޅުތަކެއް އަޅާފައި

މެލޭޝިއާއިން ހޮނިހިރު ދުވަހު އެކަނިވެސް ކޮވިޑް-19ށް 37 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

މީޑިއާގެ ރިޕޯޓުތަކުގައިވާގޮތުން މެލޭޝިއާގެ ކުއާލާލަމްޕޫރުން ހޮނިހިރު ދުވަހު ކޮވިޑް-19ށް ޕޮޒިޓިވްވި 37 ކޭސްއެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިއާއެކު މިހާރު ޖުމްލަ އަދަދު ވަނީ 8303 އަށް އަރާފައެވެ.

މީގެ އިތުރުން ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ވެސް ހޮނިހިރު ދުވަހު ވަނީ މަރުވެފައެވެ. މިއާއެކު ޖުމްލަ މަރުވި މީހުން އަދަދު ވަނީ 117ށް އަރާފައެވެ.

ކޮވިޑް-19 ފެތުރެމުންދާތީ މެލޭޝިއާ ސަރުކާރުން ވެސް ވަނީ ރައްކާތެރިވުމުގެ ގޮތުން ހަރުކަށި، ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން މެލޭޝިއާ ސަރުކާރުން އެގައުމުގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން ހައްޔަރު ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ވެސް ވަނީ ފަށާފައެވެ.

- ކޮމެންޓް