ކ. މާލެ
|
1 ޖޫން 2020 | ހޯމަ 06:51
ސްޕެއިންގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު މަގުތަކަށް މީހުން ނިކުމެ
ސްޕެއިންގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު މަގުތަކަށް މީހުން ނިކުމެ
ރޮއިޓަރސް
ކޮވިޑް-19 ސްޕެއިންގެ ހާލަތު
ސްޕެއިންގެ ލޮކްޑައުން ފަހުފަހަރަށް ޖޫން މަހުގެ 21 ވަނަ ދުވާހަ ހަމައަށް އިތުރުކޮށްފި
ޖޫން މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެގައުމުގައި މިހާރު އިއުލާން ކޮށްފައިވާ ސްޓޭޓް އޮފް އެމަރޖެންސީވެސް ނިމުމަކަށް ގެންނާނެ
ޖުލައި 1 ން ފެށިގެން ގައުމުގެ އެކި ހިސާބުތަކަށް ދަތުރުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ
ސްޕެއިންގައި މިހާރު ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 239،228 ށް އަރާފަ

ސްޕެއިންގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅާފައިވާ ލޮކްޑައުން ޖޫން މަހުގެ 21 އާ ހަމައަށް, ފަހުފަހަރަށް އިތުރުކޮށްފައިވާ ކަމަށް އެގައުމުގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެ އެވެ.

ފަހު ދެ ހަފްތާއަށް އެގައުމު ލޮކްޑައުން ކުރުމަށް އެގައުމުގެ ޤާނޫނުގެ ހަދާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ސަންޗޭޒް ވިދާޅުވި އެވެ. ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ސަންޗޭޒް ވިދާޅުވީ ހަލުވިކަމާއެކު ވައިރަސް ފެތުރެމުން އައި ސްޕެއިންގައި މިހާރު ކޭސް ފެންނަލެއް ބޮޑުތަނުން ދަށްކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މިހާރު މިތިބީ މިކަމުން އަރައިގަނެވޭ ހިސާބުގައި ކަމަށް ސަންޗޭޒް ވިދާޅުވި އެވެ.

މީގެއިތުރުން ޖޫން މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެގައުމުގައި މިހާރު އިއުލާން ކޮށްފައިވާ ސްޓޭޓް އޮފް އެމަރޖެންސީވެސް ނިމުމަކަށް ގެންނާނެ ކަމަށް ސަންޗޭޒް ވިދާޅުވި އެވެ. އެހެންކަމުން ޖޫން 21 ން ފެށިގެން އެމީހަކު ދިރިއުޅެމުންދާ ސަރަހައްދެއްގެ އެކި ތަންތަނަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ޖުލައި 1 ން ފެށިގެން ގައުމުގެ އެކި ހިސާބުތަކަށް ދަތުރުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ އެވެ.

ސްޕެއިންގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާން ކޮށްފައިވަނީ މަރޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ. އެއާއެކު ސްޕެއިންގެ ރައްޔިތުންނަށް ބޭރަށް ނިކުތުމުގެ ހުއްދަ ލިބިފައިވަނީ ޒަރޫރީ ތަކެތި ގަތުމަށާއި، ސިއްހީ ކަންކަމަށެވެ.

ސްޕެއިންގައި މިހާރު ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 239،228 ށް އަރާފަ އެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 27،125 ށް އަރާފަ އެވެ.

- ކޮމެންޓް