ކ. މާލެ
|
26 މެއި 2020 | އަންގާރަ 18:05
ސައުދީ އަރަބިއްޔާގެ، ރިޔާދު ޝޮޕިން މޯލް ކައިރީގައި ކިއު ހަދާގެން
ސައުދީ އަރަބިއްޔާގެ، ރިޔާދު ޝޮޕިން މޯލް ކައިރީގައި ކިއު ހަދާގެން
ހިންދުސްތާނީ ޓައިމްސް
ސައުދީ އަރަބިއްޔާގައި ލުއި ދިނުން
ސައުދީން ކޮވިޑް-19ގެ ފިޔަވަޅުތަކަށް ލުއި ދޭނީ ދެ ފިޔަވައްސަކަށް ބަހާލައިގެން!
ފުރަތަމަ ފޭސްގައި ސައުދީގެ އެކި ސިޓީތަކަށް ކާރުތަކުގައި ދަތުރު ކުރުމުގެ ހުއްދަ ލިބޭ
މައްކާއަށް ދިއުމުގެ ހުއްދައެއް ނުލިބޭ
ދެވަނަ ފޭސްގައި މަސައްކަތަށް ނުކުތުމުގެ ހުއްދަ ލިބޭ

ސައުދީ އަރަބިއްޔާގައި ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި ސައުދީގެ އެކި ސިޓީތަކަށް ކާރުތަކުގައި ދަތުރު ކުރުމުގެ ހުއްދަ ހެނދުނު 6:00 ން ރޭގަނޑު 3:00 ށް ދީފައިވެފައި އެވެ. ނަމަވެސް މައްކާއަށް ދިއުމުގެ ހުއްދަ އަދި ދީފައެއް ނުވެއެވެ. ސަބަބަކީ މައްކާ އަކީ އެޤައުމުގައ އެންމެ ނުރައްކާ މިންވަރަށް ކޮވިޑް-19 ފެތުރޭ ސިޓީއަށް ވާތީ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިސްކިތްތަކާއި، ރެސްޓޯރެންޓުތަކާއި، ކެފޭތައް އަދި މަސައްކަތަށް ނުކުތުމުގެ ހުއްދަ ދީފައިވީ ނަމަވެސް އުމްރާގެ އަޅުކަން ކުރުމުގެ ހުއްދައެއް ނުދެއެވެ.

ފުރަތަމަ ފިޔަވަހީގައި ކަންކަން ކުރިއަށް ދާނީ މެއި 28 ން 30 ށެވެ. ނަމަވެސް ބިއުޓީ ސެލޫން، ބޯކޮށާ ތަންތަން، ސްޕޯޓްސް ކްލަބް، ހެލްތު ކްލަބު އަދި ސިނެމާ ފަދަ ތަންތަން ނުހުޅުވާ ގޮތަށް ވަނީ ނިންމާފަ އެވެ.

މެއި މަހުގެ 30ން ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް ދެވަނަ ފިޔަވަހީގައި ދޫކުރުމަށް ނިންމާފައިވާ ހުރިހާ ހުއްދަތަކެއް ދޫކުރާނެ އެވެ.

އެގޮތުން، މައްކާ ފިޔަވައި އެހެން ހުރިހާ ހިސާބަކަށް ހެނދުނު 6:00ން ރޭގަނޑު 8:00ށް ބޭރަށް ނުކުމެ އުޅުމާއި، ދަތުރު ކުރުމުގެ ހުއްދަ ދޭނެއެވެ. އަދި މިސްކިތްތަކުގައި ނަމާދު ކުރުމާއި، ހުކުރު ނަމާދު ކުރުމުގެ ހުއްދަ ވެސް ދޭނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ދެވަނަ ފިޔަވަހީގައި މައްކާގައި ނަމާދު ކުރުމާއި، ވަދެ ނުކުތުމުގެ ހުއްދައެއް ނުދޭނެއެވެ. ޕްރައިވެޓް ސެކްޓަރގައި މަސައްކަތްތެރިންނާއި، ސަރުކާރުގެ މުވައްޒަފުން މަސައްކަތަށް ނުކުމެ އުޅުމަށް ޚާއްސަ ގައިޑްލައިނެއްގެ ދަށުން ހުއްދަދެ ގޮތައްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އެއަރލައިންތަކަށް ޑޮމެސްޓިކް ފްލައިޓްތައް އޮޕަރޭޓް ކުރުމަށް ސިވިލް އޭވިއޭޝަން އަދި ހެލްތު މިނިސްޓްރީން ޚާއްސަ އުސޫލުގެ ތެރެއިން ހުއްދަ ދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް ބައިނަލްއަޤުވާމީ އުދުހުންތަކައް ހުއްދަ ދޭން އަދި ނިންމާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް