ކ. މާލެ
|
26 މެއި 2020 | އަންގާރަ 11:58
ފްރާންސްގައި މީހަކު މާސްކު އަޅައިގެން ހިނގާފައިދަނީ
ފްރާންސްގައި މީހަކު މާސްކު އަޅައިގެން ހިނގާފައިދަނީ
ރޮއިޓަރސް
ކޮވިޑް-19 ފްރާންސްގެ ހާލަތު
ކޮވިޑް-19 ޖެހިގެން ހަތަރު ވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވާ ގައުމަކަށް އަނެއްކާވެސް ފްރާންސް ޖެހިލައިފި
ފްރާންސުން މަރުވެފައިވާ މީހުންގެ އަދަދަކީ 28،432
ސްޕެއިން އިން މަރުވެފައިވަނީ 26،834 މީހުން
ހޯމަ ދުވަހު އަލަށް ވައިރަސް ޖެހިފައިވަނީ 358 މީހުންނަށް

ދުނިޔޭގައި މިވަގުތު ކޮވިޑް-19 ޖެހިގެން ހަތަރު ވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވަމުންދާ ގައުމަށް ފްރާންސް އަނެއްކާވެސް ވެއްޖެއެވެ.

ފްރާންސް ފަސް ވަނަ ގައުމުގެ ގޮތުގައި އޮތުމަށް ފަހު ހަތަރު ވަނަ އަށް މިޖެހުނީ ސްޕެއިން އިން ގައުމުގެ މަރުވެފައިވާ މީހުންގެ އަދަދުތައް އަލުން ބެލުމާ ގުޅިގެންނެވެ.

ފްރާންސްގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މަރުވާ މީހުންގެ އަދަދުތައް މައްޗަށް ޖެހިފައި ވަނީ 0.2 އިންސައްތައިގަ އެވެ. މިހާރު ފްރާންސުން މަރުވެފައިވާ މީހުންގެ އަދަދަކީ 28،432 އެކެވެ.

ސްޕެއިން އިން މަރުވެފައި ވަނީ 26،834 މީހުންނެވެ.

ފްރާންސްގައި މަރުވި މީހުންގެ އަދަދުތައް ސްޕެއިނަށް ވުރެ މައްޗަށް ގޮސްފައި ވަނީ މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 21 ވަނަ ދުވާހަ ހަމައަށެވެ. ނަމަވެސް ފާއިތުވި ހަފުތާގައި ސްޕެއިނުން މަރުވީ މީހުން ވަނީ މަދުވެފަ އެވެ.

ފްރާންސް ގައި ހޯމަ ދުވަހު އަލަށް ވައިރަސް ޖެހިފައި ވަނީ 358 މީހުންނަށެވެ. ފްރާންސްގައި ވައިރަސް ޖެހޭ މީހުންގެ ނިސްބަތް ވަނީ ފާއިތުވި ހަފުތާތެރޭގައި ދަށަށްދާން ފަށާފަ އެވެ.

ވައިރަސް ފެތުރޭ މިންވަރު މިހާރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ފްރާންސްގެ ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ.

- ކޮމެންޓް