ކ. މާލެ
|
26 މެއި 2020 | އަންގާރަ 07:37
ވެނިންސްގައި މީހުން މާސްކު އަޅައިގެން
ވެނިންސްގައި މީހުން މާސްކު އަޅައިގެން
ރޮއިޓަރސް
ކޮވިޑް-19 އިޓަލީގެ ހާލަތު
އިޓަލީގައިވެސް ވައިރަސް ޖެހޭ މީހުންގެ އަދަދުތައް ދަށަށް
އިޓަލީގައި އާދިއްތަ ދުވަހު އަލަށް 531 މީހުންނަށް ވައިރަސް ޖެހިފައިވޭ
ހޯމަ ދުވަހު އަލަށް ވައިރަސް ޖެހުނީ 300 މީހުންނަށް
އިޓަލީ އަކީ މިހާރު ހަވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރަމުން އަންނަ ގައުމު

އިޓަލީގައި ކޮވިޑް-19 ޖެހިގެން ހޯމަ ދުވަހު 92 މީހުން މަރުވެފައިވާ ކަމަށާއި ވައިރަސް އަލަށް ވައިރަސް ޖެހުނީ 300 މީހުންނަށް ކަމަށް އެގައުމުގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

އާދިއްތަ ދުވަހު އެގައުމުގައި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 50 މީހުންނެވެ. ނަމަވެސް އާދިއްތަ ދުވަހުގެ އަދަދުތަކުގެ ތެރޭގައި ހާލަތު އެންމެ ގޯސް ލޮމްބާޑޭގެ ޑޭޓާތައް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ނުހިނަމަނަ އެވެ. އެހެންކަމުން ހޯމަ ދުވަހު މަރުވި މީހުންގެ އަދަދަކީ ލޮމްބާޑޭގެ ސަރަހައްދު ހިމަނައިގެން އައި އަދަދުތަކެއްތޯ އަދި ކަށަވަރެއް ނުވެ އެވެ. ލޮމްބާޑޭ އިން ވަނީ 34 މީހުން މަރުވެގެން ރިޕޯޓުކޮށްފަ އެވެ.

އިޓަލީގައި އާދިއްތަ ދުވަހު އަލަށް 531 މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ.

ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އިޓަލީން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެށުނީއްސުރެ މިހާތަނަށް އާއިރު އެގައުމުގައި 32،877 މީހުން ވަނީ މަރުވެފަ އެވެ. އިޓަލީއަކީ އެމެރިކާ އާއި އިނގިރޭސިވިލާތް ނެގުމަށް ފަހު ތިން ވަނައަށް އެެންމެ ގިނަ އަދަދެއްގެ މީހުން މަރުވަމުންދާ ގައުމެވެ.

އެގައުމަކީ ހަވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓުކުރަމުން އަންނަ ގައުމެވެ. އެއީ 230،158 (ދެ ލައްކަ ތިރީސް ހާސް ސަތޭކަ ފަންސާސް އަށް) މީހުންނެވެ.

މިވަގުތު އިޓަލީގައި ވައިރަސް ޖެހިގެން ރިޕޯޓުކުރަމުން އަންނަނީ 55،300 މީހުންނެވެ. ހޯމަ ދުވަހު އައިސީޔޫތަކުގައި ފަރުވާ ދެމުން ގެންގޮސްފައި ވަނީ 541 މީހުންނަށެވެ. އާދިއްތަ ދުވަހު އެއަދަދު ހުރީ 553 ގަ އެވެ. ވައިރަސް ޖެހިގެން ރަނގަޅުކުރެވިފައިވާ އަދަދު އިޓަލީގައި މިހާރު ހުރީ 141،981 ( އެއް ލައްކަ ސާޅީސް އެއް ހާސް ނުވަސަތޭކަ އަށްޑިހަ އެކެއް) ގަ އެވެ.

އެޖެންސީން ބުނާގޮތުގައި އިޓަލީގެ 60 މިލިއަން މީހުންގެ އާބާދީން 2.2 މިލިއަން މީހުން ވަނީ މިހާރު ކޮވިޑް-19 އަށް ޓެސްޓް ކޮށްފަ އެވެ.

- ކޮމެންޓް